ގިނަ ބަޔަކު ސަޕޯޓުކުރާ ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންއަށް އަނެއްކާ ވެސް ބިޝްނޯއީ ގޭންގުގެ ފަރާތުން މަރުގެ އިންޒާރެއް ލިބިއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ބިޝްނޯއީ ގޭންގުން އެންމެ ފަހުން ސަލްމާނަށް ދިން އިންޒާރުގައި ބުނެފައިވަނީ މައާފަށް އެދުމަށް ނުވަތަ ފަސް ކްރޯޑް ރުޕީސް ދިނުމަށެވެ.
އެއާއެކު ބިޝްނޯއީ ގޭންގުގެ މެމްބަރުން އަދިވެސް ތިބީ ހޭލާ ކަމަށާއި އެގޮތަށް ކަންތައް ނުކޮށްފިނަމަ ސަލްމާން މަރާލާނެ ކަމަށް ވެސް އެ އިންޒާރުގައި ބުނެފައިވެ އެވެ.
މިއީ 10 ދުވަހުގެ ތެރޭގައި ސަލްމާނަށް ލިބުނު މިފަދަ ތިންވަނަ އިންޒާރެވެ. މި އިންޒާރުތަކާއެކު އޭނާގެ ސެކިއުރިޓީ ވަނީ ކުރިއަށްވުރެ ވެސް ވަރުގަދަ ކުރެވިފަ އެވެ.
ބިޝްނޯއީ ގޭންގުން ސަލްމާނަށް އިންޒާރު ދެމުން އަންނަނީ 1998 ވަނަ އަހަރު ހިނގި "ބްލެކް ބަކް" ޝިކާރަ ކުރުމުގެ ހާދިސާއާ ގުޅިގެންނެވެ.
ބްލެކްބަކްއަކީ ބިޝްނޯއީ ކޮމިއުނިޓީގެ މީހުން އަޅުކަންކުރާ ދީނުގައި ހާއްސަ ގަދަރެއް ދެވިފައިވާ ޖަނަވާރަކަށް ވާއިރު އެ ޖަނަވާރު ޝިކާރަ ކުރުމަކީ "ފާފައެއް" ކުރުމާ އެއްފަދަ ކަމެއްކަމަށް އެ މީހުން ދެކެ އެވެ.
ޒައިތޫނި ތެލުން ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަ ކޮށްދޭ: ދިރާސާ
އާޖެންޓީނާގެ ފެނިލުން ގަދަ ނޫ ކުލައިގައި، ހަމަ ނަސީބުތަ؟
ވިލާ ސިމެންތި: ރާއްޖޭގެ ތަރައްގީގައި 26 އަހަރުގެ އިތުބާރު