ރައީސް މުހައްމަދު މުއިއްޒަށާއި ސަރުކާރުގެ އިސްވެރިންނަށް ހުތުރުވާ ގޮތަށް ކައުންސިލް ވަޓްސްއެޕް ގްރޫޕުގައި ވާހަކަ ދެއްކެވި ކަމަށް ބުނެ ގދ. ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހްމަދުގެ މައްސަލަ ބަލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެ އަތޮޅު ކައުންސިލަށް އަންގައިފި އެވެ.
މުހައްމަދު އަހްމަދުގެ މައްސަލަ ބަލަން އެލްޖީއޭ އިން ސިޓީ ފޮނުވާފައިވަނީ މި މަހު 18ގަ އެވެ.
އެލްޖީއޭގެ ސިޓީގައި ވަނީ މުހައްމަދު އަހްމަދު ރައީސާއި ސަރުކާރުގެ އިސްވެރިންގެ އަބުރަށް ހުތުރުވާ ގޮތަށް ހަޑި ހުތުރު ބަހުން މުއާމަލާތް ކުރާ ކަމުގެ ޝަކުވާ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާކަމަށެވެ.
އެނގިފައިވާ ގޮތުގައި އަތޮޅު ކައުންސިލުން އެ މައްސަލަ ދަނީ ބަލަމުންނެވެ.
ގައްދޫ ރައީސް މުހައްމަދު އަހްމަދަކީ ޕީޕީއެމް ޓިކެޓްގައި މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ ފަރާތެކެވެ. ނަމަވެސް މިހާރު އޭނާ ހުންނެވީ ރައީސް ޔާމީންގެ ޕާޓީއާއެކު ކަމަށްވެ އެވެ.
ފްވައިސްއިން ރަންވީރު ބޮއިކޮޓް ކުރަން ނެރުނު އަމުރު ބާތިލް ކޮށްފި
މާ ގިނައިން ޕްރޮޓީން ކާނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެ!
ދުޅަހެޔޮ ހިތަކަށް އުފުލަންވީ ބަރު: އާ ދިރާސާއަކުން ހޯދުންތަކެއް!