ދަރިފުޅު ޝިލޮހް ޕިޓް އެންމެ ބޭނުންވާ ކަންތައް އޭނާއަށް ނުކޮށްދެވޭ ކަމަށް ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީ ބުނެފި އެވެ.
އަހަރުތަކަކަށްފަހު ޓީވީ ލައިވްއަކަށް ދިން އެންމެ ފުރަތަމަ އިންޓަވިއުގައި އެންޖެލީނާ ބުނީ މިވަގުތު ޝިލޮހް ބޭނުންވަނީ އާއްމު ލޯތަކުން ދުރުވެ "ޕްރައިވަސީ" ލިބޭ ދިރިއުޅުމެއް އުޅެން ކަމަށެވެ. އެހެން ނަމަވެސް އެ އާއިލާގެ މަޝްހޫރު ކަމާއެކު އެއީ ކުރަން އުނދަގޫ ކަމެއް ކަމަށާއި އެހެން ކަމުން ޝިލޮހް އެންމެ ބޭނުންވާ ކަންތައް ނުކޮށްދެވޭ ކަމަށް އެންޖެލީނާ ބުންޏެވެ.
އެ އިންޓަވިއުގައި އެންޖެލީނާ ވަނީ އޭނާގެ އަމިއްލަ ދިިރިއުޅުމާއި ފިލްމީ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާފަ އެވެ. އެގޮތުން ކުރީގެ ފިރިމީހާ ބްރެޑް ޕިޓްއާއެކު އޭނާ ހިއްސާކުރާ ހަ ކުދިންގެ މުސްތަގްބަލާއި ހުވަފެންތަކަށް އެންޖެލީނާ އަލި އަޅުވާލާފައިވެ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު 2011 ވަނަ އަހަރު ޑައިރެކްޝަނަށް ނުކުތް އެންޖެލީނާ މިހާތަނަށް ހަތް ފިލްމު ޑައިރެކްޓް ކޮށްފައިވެ އެވެ.
ދިރާގުން ދޭ ފަހު ބޯޓު ހޯދުމަށް އެންރޯލްކުރުމަށް ބާކީ 3 ދުވަސް!
ލަމްހާ އާއި މާވިންގެ މައްސަލާގެ ހުކުމް އަންނަ މަހު އިއްވަނީ
10 ރުފިޔާގެ އާ ނޫޓުތަކެއް 1 އެޕްރިލް އިން ފެށިގެން ދައުރުކުރަނީ