2024 ވަނަ އަހަރު ނިމެންދާއިރު މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑު ބަދަލުތަކެއް ވަނީ އައިސްފަ އެވެ. ހޮލީވުޑްއާއި ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ކާމިޔާބުވެފައިވާއިރު، އެ ފިލްމުތަކުން ފެނުނު ތަރިންގެ މިލްކިއްޔާތަށް ވެސް ވަނީ އޭގެ ފޮނި އަސަރު ކޮށްފަ އެވެ.
މި ލިޔުމުގައި މި ބަލާލަނީ މި ނިމިގެންދާ 2024 ވަނަ އަހަރު ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުގެ ކުރީގައި ހިމެނޭ 10 އެކްޓަރުންނަށެވެ.
10. ޖެކީ ޗެން
ޖެކީގެ މައްސަލަ ބޮޑު ސިޔާސީ ފިކުރާއެކު ވެސް އެންމެ މުއްސަނދި ލިސްޓުގެ ގަދަ 10ގައި އޭނާ ހިމެނިފައިވަނީ 557.09 މިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކު އެވެ. ހޮލީވުޑްއަށް ތައާރަފް ވުމުގެ ކުރިން ޗައިނާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވި ޖެކީގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ކަންގް ފޫ ޕެންޑާ" އަދި "ކަރާޓޭ ކިޑް" ހިމެނެ އެވެ.
09. ޓޮމް ހޭންކްސް
ހޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރަށް ވުމުގެ އިތުރުން ޓޮމް އަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް އެކްޓަރު ވެސްމެ އެވެ. ޖުމްލަ 571.94 މިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮތް ޓޮމް ހޭންކްސްއަށް ވަނީ ޖެހިޖެހިގެން ދެފަހަރު އޮސްކާ ބެސްޓް އެކްޓާގެ އެވޯޑު ވެސް ލިބިފަ އެވެ.
08. ޖެކް ނިކޯލްސަން
މާ ގިނަ ފިލްމުތަކަކުން ނުފެނުނު ނަމަވެސް ޖެކްއަކީ ވެސް 590 މިލިއަން ޑޮލަރާއެކު ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުގައި ފާހަގަކޮށްލެވޭ ނަމެކެވެ. ޖުމްލަ 60 ފިލްމެއްގައި ހިއްސާވެފައިވާ ޖެކްއަށް އާމްދަނީ ލިބޭ ހަމައެކަނި ގޮތަކީ ފިލްމުތަކެއް ނޫނެވެ. އޭނާ ވަނީ އެހެން އިންވެސްޓްމަންޓްތަކެއް ވެސް ކޮށްފަ އެވެ.
07. ބްރެޑް ޕިޓް
ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިފައިވާ ބްރެޑް ޕިޓްއަކީ އޭނާގެ ޒާތީ ދިރިއުޅުމުގެ ކަންކަމަށްޓަކައި ވެސް މީޑިއާގެ ސަމާލުކަން ހޯދާ ތަރި އެކެވެ. ހަބަރުތައް ބުނާ ގޮތުގައި މިއަހަރު އޭނާގެ މިލްކިއްޔާތުގައި ޖުމްލަ 594.23 މިލިއަން ޑޮލަރު އެބަހުއްޓެވެ. ބްރެޑް ވަނީ އޭނާގެ ކުރީގެ އަންހެނުން ޖެނިފާ އެނިސްޓަންއާއެކު ޕްރޮޑަކްޝަން ހައުސްއެއް ވެސް ހުޅުވާފަ އެވެ.
06. ރޮބާޓް ޑި ނީރޯ
ގިނަ ބަޔަކަށް މިއީ ކާކުކަން ނޭނގުނު ނަމަވެސް ރޮބާޓް ޑި ނީރޯއަކީ ހޮލީވުޑްގެ ކާމިޔާބު ފިލުމުތަކެއް ކުޅެދީފައިވާ ފަންނާނެކެވެ. އެހެން ނަމަވެސް މި ލިސްޓުގައި ހިމެނޭ ގިނަ ތަރިންނެކޭ އެއްފަދައިން ރޮބާޓްއަށް ވެސް އާމްދަނީ ލިބޭ އެއް ގޮތަށްވުރެ ގިނަ ގޮތްގޮތް އެބަހުއްޓެވެ. އޭނާގެ މިލްކިއްޔާތަކީ 793.35 މިލިއަން ޑޮލަރެވެ.
05. ޖޯޖް ކްލޫނީ
ހޮލީވުޑްގައި އެއް ފިލްމަކަށް އެންމެ ބޮޑު އަގެއް ނަގާ އެކްޓަރުގެ ގޮތުގައި ފާހަގަކުރެވިފައިވާ ޖޯޖް ކްލޫނީގެ މިލްކިއްޔާތުގައި 742.80 މިލިއަން ޑޮލަރު އެބަހުއްޓެވެ. ފިލްމު ކުޅުމުގެ އިތުރުން ޖޯޖް ވަނީ އެހެން މީހަކާ ހިއްސާވެގެން އަމިއްލަ ވިޔަފާރިއެއް ވެސް ފަށާފަ އެވެ.
04. ޝާހްރުކް ޚާން
ޖުމްލަ 876.5 މިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކު ޝާހްރުކް ޚާންއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުގެ ގަދަ 10ގައި ހިމެނޭ ބޮލީވުޑްގެ ހަމައެކަނި އެކްޓަރެވެ. އިންޑިއާގެ އިތުރުން ޝާހްރުކް ޚާން ވަނީ މުޅި ދުނިޔޭގައި ވެސް އޭނާގެ ނަން ރަން އަކުރުން ފަވާލާފަ އެވެ.
03. ޓޮމް ކްރޫޒް
"މިޝަން އިމްޕޮސިބަލް"އާއި "ޓޮޕް ގަން" ފަދަ ފިލްމުތަކާއެކު ހޮލީވުޑްގެ އެންމެ ކުރީގައި ގުނާލެވޭ ޓޮމް ކްރޫޒް ގަދަ 3ގައި ހިމެނިފައިވަނީ 891 މިލިއަން ޑޮލަރާއެކުގަ އެވެ. ޓޮމްއަކީ ހަމައެކަނި އެކްޓިން މެދުވެރިކޮށް އޭނާގެ މިލްކިއްޔާތު އިތުރުކުރި މަދު އެކްޓަރުންގެ ތެރެއިން އެކްޓަރެކެވެ.
02. ޑްވެއިން ޖޯންސަން
ދަ ރޮކްގެ ނަމުން މަޝްހޫރުވެފައިވާ ޑްވެއިންއަކީ އެކްޓިންގެ އިތުރުން ރެސްލިންއާއި އަމިއްލަ ވިޔަފާރިން ވެސް އާމްދަނީ ލިބޭ ތަރި އެކެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ދަ ރޮކް މަޝްހޫރުވެފައިވަނީ ބޮލީ ބިލްޑިންއަށްވުރެ ބޮޑަށް އެކްޓިންގެ ސަބަބުންނެވެ. އޭނާގެ މިލްކިއްޔާތުގައި މިވަގުތު ހުރީ 1.19 ބިލިއެން ޑޮލަރެވެ.
01. އާނޯލްޑް ޝްވަޒެނެގާ
1.49 ބިލިއަން ޑޮލަރާއެކު ލިސްޓުގެ އެންމެ ކުރި ހޯދާފައިވަނީ އެކްޓިންގެ އިތުރުން ބޮލީ ބިލްޑިންއާއި އަމިއްލަ ވިޔަފާރިން ލިބޭ އާމްދަނީއިންނެވެ. މިއަހަރު ކުރީކޮޅު ބިލިއަނަރެއްގެ ލަގަބު ހާސިލްކުރި އާނޮލްޑްއަކީ އޮލިމްޕިކްސް މެޑަލިސްޓެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.