ބޮލީވުޑް ފިލްމުތަކުގެ ސަޕޯޓިން ރޯލުތަކުން ފެންނަ ސޯނޫ ސޫދުއަށް އިންޑިއާ ސަރުކާރުގެ އިސް މަގާމެއް ހުށައެޅުނު ކަމަށް އޭނާ ބުނެފި އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ދުވަހަކުވެސް ސިޔާސީ ދާއިރާއިން ފެނިދާނެތޯ ސުވާލު ކުރެވުމުން ސޯނޫ ބުނީ އިންޑިއާގެ ޗީފް މިނިސްޓަރުގެ މަގާމު އޭނާއަށް ހުށައެޅުނު ކަމަށާއި އެހެން ނަމަވެސް އެކަމަށް ނޫނެކޭ ބުނި ކަމަށެވެ.
ސޯނޫ ބުނި ގޮތުގައި އޭނާއަށް އެ ފުރުސަތު ލިބުނީ ކޮވިޑް 19 ޕެންޑެމިކްގެ ތެރެއިން އިންޑިއާ ރައްޔިތުންނަށް އޭނާ ހިލޭ ސާބަހަށް ކޮށްދިން ހިދުމަތްތަކުގެ ސަބަބުންނެވެ.
"އެ ފުރުސަތު އަހަންނަށް ހުށައެޅީ ސަރުކާރުގެ ވަރަށް ނުފޫޒުގަދަ ފަރާތަކުން. އެކަމަކު ވެސް އެދާއިރާއަށް ވަންނަން އަހަރެން ބޭނުންނުވީ،" ސޯނޫ ބުންޏެވެ.
ސޯނޫ އިތުރަށް ބުނީ ސަރުކާރުގެ އިސް މަގާމެއްގެ ފުރުސަތު ދޫކޮށްލީ ތަފާތު ކުރުމެއްނެތި ހުރިހާ އެންމެންނަށް އެހީވުމުގެ މިނިވަންކަން ގެއްލިދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.
އެގޮތުން އޭނާ ބޭނުންވަނީ ނުފޫޒުން އެއްކިބާވެ ހުރެ މިނިވަންކަމާއެކު ބޭނުން ޖެހިފައިވާ މީހުންނަށް އެހީވާން ކަމަށް ސޯނޫ ބުންޏެވެ.
ސޯނޫއަކީ ކޮވިޑް 19ގެ ތެރޭގައި އިންޑިއާގައި ހާލުގައި ޖެހުނު އެހެން ގައުމުތަކުގެ މީހުންނަށް އެހީވުމުގައި އާއްމުންގެ ސަމާލުކަން ހޯދި ތަރި އެކެވެ.
ޖޫންގެ ނިޔަލަށް ވީއައިއޭއަށް 1.62 މިލިއަން ފަސިންޖަރުން
"ޑަރް"ގެ ސެޓުގައި ޖެހުނު މައްސަލަތައް: ސަނީ ބުނަނީ ކީކޭ؟
ގަދަ ހޫނުގެ ސަބަބުން ފްރާންސްގައި 7،000 އަށްވުރެ ގިނަ މަރު