ދުވަސްތައް ފާއިތުވަމުން ގޮސް މި ފެށުނު އާ އަހަރާއެކު އާ ޖީލެއް ވެސް ފެށުނީ އެވެ. ދުނިޔޭގައި ޖީލު ނުވަތަ "ޖެނެރޭޝަން" ބެހުމުގައި ބަލާ މިންގަނޑުން މި އަހަރަކީ އާ ޖީލެއް ފެށޭ އަހަރެވެ.

އެގޮތުން މި ފެށުނު ޖީލަށް ދެވިފައިވާ ނަމަކީ "ޖެނެރޭޝަން ބީޓާ" އެވެ. މިއީ 2025 ން ފެށިގެން 2039 ވަނަ އަހަރާ ހަމައަށް އުފަންވާ ކުދިން ނިސްބަތްވާނެ ޖީލެވެ.

ޖެނެރޭޝަން ބީޓާ ނުވަތަ ޖެން ބީޓާ ފެށިގެން މިއައީ 2010 ވަނަ އަހަރުން 2024 ވަނަ އަހަރަށް ކުރިއަށް ދިޔަ ޖެން ޒީ ނިމުމާއެކުގަ އެވެ.

ޖީލުތައް ބެހިފައިވާ ގޮތް

  • 1964 - 1946: ބޭބީ ބޫމާސް
  • 1980 - 1965: ޖެނެރޭޝަން އެކްސް
  • 1996 - 1981: މިލޭނިއަލްސް
  • 2010 - 1997: ޖެނެރޭޝަން އެކްސް
  • 2024 - 2011: ޖެނެރޭޝަން އަލްފާ
  • 2039 - 2025: ޖެނެރޭޝަން ބީޓާ

މާހިރުން ބުނާ ގޮތުގައި 2035 ވަނަ އަހަރާ ހަމައަށް ޖެން ބީޓާއަށް ނިސްބަތްވާ އާބާދީ މުޅި ދުނިޔޭގެ އާބާދީގެ 16 ޕަސެންޓް ހިއްސާ ކުރާނެ އެވެ.

އޭގެ އިތުރުން މި ޖީލަކީ އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީގެ އިންގިލާބީ ބަދަލުތައް އެންމެ ގިނައިން ބޭނުންކުރާނެ ޖީލަށްވާނެ ކަމަށް ވެސް މާހިރުން ބުނެ އެވެ.

އެހެން ކަމުން މި ފެށޭ ޖީލަށް ނިސްބަތްވާ ކުދިންނަކީ ހުރިހާ ގޮތަކުން ވެސް ހޭލުންތެރި އަދި ކުރިއަރާފައިވާ ޖީލަކަށް ވާނެ ކަމަށް ބެލެވެ އެވެ.