ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ބެން އެފްލެކްއާއި ޖެނިފާ ލޮޕޭޒްގެ ވަރީގެ މައްސަލަ ވެސް ކޯޓުން ނިމިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ދެ އަހަރުގެ ކައިވެންޏަކަށްފަހު ބެންއާއި ޖޭލޯގެ ވަރީގެ މައްސަލަ ނިމިފައިވާއިރު ކޯޓުން ރަސްމީކޮށް ކަންތައްތައް ނިންމާނީ އަންނަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ބެންއާއި ޖޭލޯގެ ކައިވެނީގައި އެގްރީމެންޓެއް ނެތުމާއެކު މުދާ ބެހުމުގެ ކަންކަމުގައި ގިނަ އުނދަގޫތަކެއް ކުރިމަތިވި އެވެ.
އެގޮތުން ވަކީލުންގެ އެހީއާއެއެކު ކައިވެނީގެ މުއްދަތުގައި ހޯދާފައިވާ މުދާތައް ބެހުމުގައި 50-50ގެ އުސޫލެއް ގެންގުޅެން އެ ތަރިން ނިންމާފައިވާ ކަމަށްވެ އެވެ.
އެހެން ނަމަވެސް އެމީހުންގެ މަޝްހޫރު ކައިވެނީގެ ގެއާއި އެހެނިހެން ބައެއް ތަކެއްޗަށް ވާނެ ގޮތެއް އަދި ނޭނގޭ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އެކަންކަމުގެ އެންމެ ފަހުގެ ނިންމުން އެނގިގެންދާނީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ ކޯޓުގެ ބަޔާނުގަ އެވެ.
"ރައީސްގެ ހުށަހެޅުމަކަށް ސެނެޓުން ނޫނެކޭއެއް ނުބުނާނެ"
މޮޓޯއެކްސް އިން ހިތްގައިމު ރީތި ސީއެފް މޮޓޯ 150 ތައާރަފުކޮށްފި
ހައްޖު ދުވަހުގެ ސަވާބާއި ދަރުމަ ހޯދަން ކުރެވިދާނެ 10 ކަމެއް!