ބޮލީވުޑްގެ މަޝްހޫރު ތަރި އަރުޖުން ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "މޭރީ ހަޒްބެންޑް ކީ ބީވީ"ގެ ޝޫޓިންގެ ތެރެއިން އިމާރާތެއްގެ ސީލިންގް ވެއްޓި އޭނާއަށް އަނިޔާވެއްޖެ އެވެ.
މީގެ ދެ ދުވަސް ކުރިން ހިނގި އެ ހާދިސާގައި އަރުޖުންއަށް އަނިޔާވެފައިވަނީ އެ ފިލްމުގެ ލަވައެއްގެ މަންޒަރުތައް ނަގަން މުމްބާއީގެ ރޯޔަލް ޕާމްސްގައި އުޅެނިކޮށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެ އިމާރާތުގެ ސީލިންޓް ވެއްޓެން މެދުވެރިވީ ޝޫޓިންގައި ގެންގުޅުނު ސައުންޑް ސިސްޓަމްތަކުން ފޮނުވި ވައިބްރޭޝަންތަކުގެ ސަބަބުންނެވެ.
އަރުޖުންގެ އިތުރުން ވެސް އެ ފިލްމުގެ އެހެން އެކްޓަރަކާއި ފިލްމުގެ ޑައިރެކްޓަރަށް ވެސް އެ ހާދިސާގައި އަނިޔާވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ހާދިސާ ހިނގުމާއެކު އެމީހުން ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދީފައިވެ އެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.
މި ހާދިސާއާއެކު އެތަނުގެ ރައްކާތެރިކަމާމެދު ކަންބޮޑުވުން ފާޅުކޮށް ފިލްމުގެ ޕްރޮޑިއުސަރުން ވަނީ އިންޑިއާގެ އިދާރާތަކަށް ހުށައަޅާފަ އެވެ.
ރަޝިއާގެ މުދަލާއި ފައިސާ ހިފަހައްޓަން އީޔޫ އިން ނިންމައިފި
އުތުރު ކޮރެއާގައި ކުރުން މަނާ ކަންތައްތަކެއް!
ކެއުމަށްފަހު ހޫނު ފެން ތަށްޓެއް ބޯނަމަ ގިނަ ފައިދާތަކެއް!