ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާންއަށް ދިން ވަޅީގެ ހަމަލާއަށްފަހު ވެސް އޭނާ ހޮސްޕިޓަލަށް ވަނީ ހިނގާފައި ކަމަށް ޑޮކްޓަރުން ބުނެފި އެވެ.
ހަމަލާއަށްފަހު ސައިފް ގެންދިޔަ މުމްބާއީގެ ލިލާވަތީ ހޮސްޕިޓަލުން ވާހަކަ ދެއްކި އޮފިޝަލަކު ބުނީ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ހަރާފައި ހުރިއިރު ވެސް ސައިފްގެ ކިބައިން ފެނުނީ އާދަޔާ ޚިލާފު ހިތްވަރެއް ކަމަށެވެ. އެގޮތުން އޭނާ ހޮސްޕިޓަލަށް ގެންދެވުނީ އެނދެއް ނުވަަތަ ސްޓްރެޗަރެއްގައި ނޫން ކަމަށާއި އޭނާ ހޮސްޕިޓަލަށް ވަނީ އަމިއްލަ ދެފައިން ހިނގާފައި ކަމަށް އެފަރާތުން ބުންޏެވެ.
ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ސައިފްއަށް ވަޅިން ހަމަލާ ދީފައިވަނީ އޭނާ ދިރިއުޅުނު ގެއަށް ވަތް ވަގަކު ހުއްޓުވަން އުޅުމުގެ ތެރޭގަ އެވެ.
ބުނެވޭ ގޮތުގައި ވައްކަން ކުރި މީހާ ސައިފްގެ ގަޔަށް ވަޅިހެރުމަށްފަހު ފިލިއިރު އެވަގުތު ގޭގައި ވެހިކަލެއް ހަމަޖެހިފައި ނެތުމުން ސައިފްގެ ދަރފުޅު އިބްރާހީމް އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އޮޓޯއެއްގަ އެވެ.
ހޮސްޕިޓަލަށް ގެންދެވުމަށްފަހު ސައިފްގެ ސާޖަރީއެއް ކުރެވުނުއިރު މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.
ސައިފްއަށް ހަމަލާދިން މީހާ ހައްޔަރު ކުރެވި ތަހުގީގު އިތުރަށް ކުރިއަށްދާއިރު އެ މައްސަލާގައި ވަކި ނިންމުމެއް ނިންމާނެ ދުވަހެއް އަދި ނޭނގެ އެވެ.
އިމިގްރޭޝަންގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކޮށްފި
ޑެބިޓް ކާޑުން ބޭރުގައި ފައިސާ ދެއްކޭ ވަރު 1،000 ޑޮލަރަށް
ޑޮލަރު ފޭރުނު މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި