ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޖަސްޓިން ބެލްޑޯނީއާއި ބްލޭކް ލައިވްލީގެ ކޯޅުމުގެ ތެރެއިން ބްލޭކް ޖަސްޓިންއަށް ކޮށްފައިވާ ތުހުމަތުތައް އޭނާގެ ގާނޫނީ ޓީމުން ދޮގުކޮށްފި އެވެ.
ބްލޭކްއާއި ޖަސްޓިންގެ ކޯޅުން ފެށިފައިވަނީ އެ ދެމީހުން އެކުގައި މަސައްކަތްކުރި "އިޓް އެންޑްސް ވިތު އަސް"ގެ ޝޫޓިންގެ ތެރެއިން ބްލޭކް ޖަސްޓިންއަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ ކޯޓަށް މައްސަލަ ހުށައެޅުމުންނެވެ.
އެ މައްސަލާގައި ޖަސްޓިން ވަނީ އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި 400 މިލިއަން އެމެރިކާ ޑޮލަރު ހޯދަން ބްލޭކްއަށް ދައުވާ ކޮށްފަ އެވެ.
މި މައްސަލައާއެކު ބްލޭކް ވެސް ވަނީ ފާޅުގައި ޖަސްޓިންއަށް ގިނަ ތުހުމަތު ތަކެއް ކޮށްފަ އެވެ. އެގޮތުން ޖަސްޓިން މަސައްކަތް ކުރަނީ ބްލޭކްގެ ނަން ބޭނުން ކޮށްގެން މީހުންގެ ސަމާލުކަން ހޯދަން ކަމަށް އޭނާ ބުނެފައިވެ އެވެ.
އެ ތުހުމަތުތަކަށް ރައްދު ދީ ޖަސްޓިންގެ ގާނޫނީ ޓީމުން ބުނެފައިވަނީ ބްލޭކްގެ އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.
އެއާއެކު ބްލޭކްއަށް ކޮށްފައިވާ ދައުވާ އުފުލުމުގައި އެއްވެސް ލުއެއް ނުދޭނެ ކަމަށް ވެސް ޖަސްޓިންގެ ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ.