ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެރިއާނާ ގްރާންޑޭގެ އަޑު ތޫލި ކަމަށް ބުނެ ފުރައްސާރަކުރާ މީހުންނަށް އޭނާ ރައްދު ދީފި އެވެ.
ސްމާޓްލެސް ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން އެރިއާނާ ބުނީ އޭނާގެ އަޑަށް މީހުން ފުރައްސާރަ ކުރުން ވަނީ އޭނާއަށް ވަރަށް މަޖާ ކަމަކަށް ކަމަށެވެ.
"އަހަރެން ލަވައެއް ކިޔަން އޮންނަ ދުވަހެއް ވެއްޖިއްޔާ ކުރިއަށް ވުރެ ވެސް އަޑު ތޫލިކުރަން މަސައްކަތް ކުރަން،" އެރިއާނާ ބުނެފައިވެ އެވެ.
އެރިއާނާ އިތުރަށް ބުނީ އޭނާގެ އަޑުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އަޑުއެހުންތެރިންނަށް އިވޭ އަޑަކީ އޭނާ ގެންގުޅޭ ސްޓައިލެއް ކަމަށެވެ.
އެރިއާނާގެ އަޑުގެ ތޫލި ކަަމުން ސޯޝަލް މީޑިއާގައި އަބަދުވެސް އޭނާއަށް ފުރައްސާރަ އަމާޒުވި ނަމަވެސް މީގެ ކުރިން އެކަމަށް އޭނާ ރައްދުދީފައެއް ނުވެ އެވެ.
މިފަހުން އެރިއާނާގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލުގެ ސަބަބުން ވެސް އޭނާގެ ސަޕޯޓަރުންގެ މެދުގައި ކަންބޮޑުވުން އުފެދުނެވެ.
"މިއީ އަނިޔާއެއް، އަނިޔާވެރިވެގެން ދެމެހެއްޓުނު ވެރިކަމެއް ނެތް"
ތަރައްގީ އަކީ އެއްގަމު ތޮށްޓާއި ބޮޑުހިލައެއް ނޫން
"އެކޯސް އޮފް ދަ ޓައިޑްސް"އާއެކު ދިވެހި ތާރީހުގެ ތެރެއަށް!