ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސިދްހާތު މަލްހޯތުރާއާއި ކިއާރާ އަދްވާނީގެ ކައިވެނީގެ އަހަރީ ދުވަހާ ގުޅުވައިގެން ކިއާރާ މަޖާ ވީޑިއޯއެއް އާއްމު ކޮށްފި އެވެ.

ކިއާރާ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ އެ ފޮޓޯގައި ފެންނަނީ އެ ދެމީހުންގެ ކައިވެނީގެ ވީޑިއޯއަކާއި މިހާރުގެ ވީޑިއޯއެއް ގުޅުވާފައިވާ މަންޒަރެވެ.

ކައިވެނީގެ ވީޑިއޯގައި ކިއާރާ އޭނާއާ ދިމާއަށް ސިދްހާތު ދަމާފައި ގެންނަ ކަހަލަ ގޮތަކަށް ފެންނައިރު މިހާރުގެ ވީޑިއޯއިން ފެންނަނީ ސިދްހާތު ފުރޮޅުލީ އެއްޗެއްގައި ހުއްޓާ ވާގަނޑަކުން އެ އެތި ކިއާރާ ދަމަނިކޮށެވެ.

https://www.instagram.com/reel/DFxVAf0yEPM/?utm_source=ig_embed&utm_campaign=loading

އެ ވީޑިއޯއާއެކު ކިއާރާ ބުނެފައިވަނީ މިއީ ފަށައިގަތް ގޮތާއި މިހާރުގެ ހާލަތާ ހުރި ތަފާތު ކަމަށެވެ. އޭގެ އިތުރުން ސިދްހާތަކީ ހުރިހާ ކަމެއްގައި ވެސް އޭނާގެ ބައިވެރިޔާ ކަމަށް ކިއާރާ ބުނެފައިވެ އެވެ.

ކިއާރާގެ އެ ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އަންނައިރު އެ ދެމީހުންނަކީ މިވަގުތު ބޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ ލޯބި ޖޯޑު ކަމަށް ގިނަ މީހުން ފާހަގަކުރެ އެވެ.

ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ސިދްހާތުއާއި ކިއާރާ ކައިވެނި ކޮށްފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ.