ބޮލީވުޑް ތަރިން ފަދައިން އިންޑިއާގެ ޓީވީ ތަރިންނަކީ ވެސް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންގެ މަގުބޫލުކަން ލިބޭ ތަރިންނެވެ. އެގޮތުން އިންޑިއާގެ މަޝްހޫރު ޓީވީ ޝޯތަކާއި ޑްރާމާތަކަކީ ވަރަށް ގިނަ ބަޔަކު ބަލާ ޝޯތަކެކެވެ.

މި ލިޔުމުގައި މި ބަލާލަނީ އިންޑިއާގެ ޓީވީ ތަރިންގެ ތެރެއިން އެންމެ މުއްސަނދި 10 ތަރިންނަށެވެ.

ކަޕިލް ޝަރްމާ

މި ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ހެއްވާ މަޖާ ޝޯއެއް ކަމަށްވާ މަޝްހޫރު ކަޕިލް ޝަރުމާ ޝޯގެ ކަޕިލް ޝަރުމާ އެވެ. އޭނާ މިހާރު ނެޓްފްލިކްސްއާ އެކު ކުރިއަށް ގެންދާ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ" އާއެކު ގިނަ ބައެއްގެ މަގުބޫލު ޝޯއަކަށް އެ ޝޯ ވަނީ ވެގެން ގޮސްފަ އެވެ. އޭނާގެ މިލްކިއްޔާތުގައި 300 ކްރޯޑް ރުޕީސް ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކަރަން ކުންދުރާ

ކަރަން ކުންދުރާއަކީ އިންޑިއާގެ ޓީވީ ސިނަމާގައި އެންމެ ބޮޑު އަގުގައި ޝޯތައް ކުޅެދޭ އެއް އެކްޓަރެވެ. އޭނާގެ އެންމެ ފަހުގެ ޝޯކަމަށްވާ "ލޯޓާ ޝެފްސް – އަންލިމިޓަޑް އެންޓަޓެއިންމެންޓް" އިން އޭނާގެ މަގުބޫލުކަން ވަނީ އިތުރުވެފަ އެވެ. އޭނާގެ މިލްކިއްޔާތުގައިގައި ގާތްގަނޑަކަށް 91 ކްރޯޑް ރުޕީސް އެބަހުއްޓެވެ.

ކަރަން ކުންދުރާ

ހަރްޝަދު ޗޯޕްރާ

އިންޑިއާގެ ޓީވީ ޑްރާމާތަކުން މަގުބޫލު ތަރި މިހާރު ކުޅެމުންދާ "ބޭޕަނާ"ގެ ކޮންމެ އެޕިސޯޑަކަށް 3 ލައްކަ ރުޕީސް ނަގަ އެވެ. ހަރްޝަދު އެންމެ ބޮޑަށް މަޝްހޫރުވީ ސްޓާޕްލަސްގެ ދުވަސްވީ ޑްރާމާ ޔޭރިޝްތާ ކިޔާކެހެލާތާ އިން ނެވެ. އޭނާގެ މިލްކިއްޔާތުގައި 49 ކްރޯޑް ރުޕީސް އެބަހުއްޓެވެ.

ޖެނިފާ ވިންގެޓް

އިންޑިއާގެ ޓީވީ ސިނަމާގައި ދެގޮތެއްނުވާ ޖެނިފާ ވިންގެޓް އެންމެ މަޝްހޫރު ވެފައިވަނީ ދިލްމިލް ގަޔާ، ބޭހަދް އަދި ރާއިސިންހާނިއާ ވާސަސް ރާއިސިންހާނިއާ ފަދަ ޑްރާމާ ތަކުންނެވެ. އޭނާގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 45-58 ކްރޯޑް ރުޕީސްވެ އެވެ.

ދިލިޕް ޖޯޝީ

ދިލިޕް ޖޯޝީ ނުވަތަ މަޝްހޫރު ނަމުންނަމަ ޖޭޓާލާލް ގަޑާ އަކީ މަޝްހޫރު ކޮމެޑީ ޑްރާމާ "ތާރަކް މެހެތާކަ އުލްޓާ ޗަޝްމާ"ގެ ލީޑު ރޯލް ކުޅޭ އެކްޓަރެވެ. އޭނާގެ މިލްކިއްޔާތުގައި 47 ކްރޯޑް ރުޕީސް ހުރިކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދިލިޕް ޖޯޝީ

ޝްރައްދާ އާރިޔާ

ޝްރައްދާ އާރިޔާ އަކީ ލައިފް އޯކޭގެ ސީރީޒް "މެއި ލަކްޝްމީ ތޭރޭ އާންގަންކީ، ތުމްހާރީ ޕާކީ އެންޑް ޑްރީމް ގާލް" ގެ ތަރި އެވެ. އޭނާގެ މިލްކިއްޔާތުގައި 44 ކްރޯޑް ރުޕީސް ހުރެ އެވެ.

ތެޖަސްވީ ޕްރަކާޝް

ޓީވީ ޑްރާމް ސީރީޒް ސްވަރާގިނި ގައި ރާގިނީގެ ރޯލު ކުޅޭ ތެޖަސްވީ ޕްރަކާޝް އަކީ މަޝްހޫރު ޑްރާމާތަކުން ފެނިފައިވާ ފަންނާނެކެވެ. އޭނާ ވަނީ 2021 ވަނަ އަހަރު ބޭއްވި ރިއަލިޓީ ޝޯ ބިގް ބޮސް ކާމިޔާބު ކޮށްފަ އެވެ. އޭނާގެ މިލްކިއްޔާތުގައި 25 ކްރޯޑް ރުޕީސްވެ އެވެ.

ދިވްޔަންކާ ތްރިޕަތީ

ސްޓާޕްލަސް އިން ދެއްކި މަގުބޫލު ސީރީޒް ޔޭހޭ މޮހައްބަތޭންގެ ތަރި ދިވްޔަންކާ ތުރިޕަތީ އަކީވެސް އެންމެ އަގުބޮޑު ތަރިންގެ ތެރެއިން ތަރިއެކެވެ. އޭނާގެ މިލްކިއްޔާތުގައި 37 ކްރޯޑް ރުޕީސް ހުރެ އެވެ.

ދިވްޔަންކާ ތްރިޕަތީ

ރުޕާލީ ގަންގްލީ

ރުޕާލީ ގަންގްލީ ނުވަތަ "އަނޫޕާމާ" ކޮންމެ އެޕިސޯޑަކަށް 3 ލައްކަ ރުޕީސް ނަގަ އެވެ. އޭނާގެ މިލްކިއްޔާތުގައި 20-25 ކްރޯޑް ރުޕީސްވެ އެވެ.

ރުޕާލީ ގަންގްލީ

ގޯރަވް ކަންނާ

ގޯރަވް ކަންނާ ނުވަތަ "އަނޫޕާމާ" ޑްރާމާގެ އޭކޭ އަކީ އަނޫޕާމާ ޑްރާމާގެ ކުރިންވެސް އެކި ޝޯތަކުން ފެނިފައިވާ ފަންނާނެކެވެ. އޭނާގެ މިލްކިއްޔާތުގައި 8 ކްރޯޑް ރުޕީސް ހުރިކަމަށް ރިޕޯޓްތައް ބުނެ އެވެ.