މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް އަނެއްކާވެސް ސޯޝަލް މީޑިއާގައި ހޫނުފެނަށް ވެއްޓުމުން އޭނާގެ އެކްސް އެކައުންޓް ޑިލީޓް ކޮށްލައިފި އެވެ.

ކާންޔޭ އޭނާގެ އެކްސް އެކައުންޓް ޑިލީޓް ކޮށްފައި މިވަނީ ހުޅަނގުގެ ގިނަ ބަޔަކު ދެކޮޅު ހަދާ ނާޒީ ފިކުރު ޕްރޮމޯޓުކުރާ އުފެއްދުންތަކެއް އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ވިއްކުުމުން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ އެވެ.

މީގެ ކުރިން ވެސް ކާންޔޭ ވަނީ ނާޒީ ފިކުރަށް ތާއީދުކޮށް އެ ފިކުރުގެ ބާނީ އެޑޮލްފް ހިޓްލަރަށް ތައުރީފުކުރާ ގޮތަކަށް ފާޅުގައި ވާހަކަ ދައްކާފަ އެވެ.

ނާޒީ ފިކުރަކީ ހުޅަނގުގެ ޔަހޫދީންނާ ދެކޮޅަށް އެޑޮލްފް ހިޓްލަރު ފެއްޓި އިންގިލާބެކެވެ. އެ އިންގިލާބުގައި އެތައް މިލިއަން ޔަހޫދީން މަރުވެފައިވެ އެވެ.

ކާންޔޭ ވަނީ ނާޒީ ފިކުރާ ބެހޭގޮތުން އޭނާ ދެއްކި ވާހަކަތައް ދިފާއުކޮށް އެކަމަށް ދުވަހަކު ވެސް މައާފަށް ނޭދޭނެ ކަމަށް ވަރަށް ފާޅުގައި ބުނެފަ އެވެ.

މިފަހުން ކާންޔޭއާއި އޭނާގެ ބައިވެރިޔާ ބިއަންކާ ސެންސޮރީއާއެކު ގްރެމީ އެވޯޑްސްއަށް ދިޔަ ގޮތުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އެމީހުންނަށް އަމާޒްވި އެވެ.