މީގެ ދެ އަހަރެއްހާ ދުވަސްކުރިން އެޓްލާންޓިކް ކަނޑުގެ އަޑީގައި ގޮވި ޓައިޓަން ސަބްމާސިބަލްގެ އެންމެ ފަހު ވަގުތުކޮޅުގައި ރެކޯޑު ކުރެވިފައިވާ ކަމަށް ބެލެވޭ އޯޑިއޯއެއް އާއްމު ކޮށްފި އެވެ.
އެމެރިކާގެ ކޯސްޓް ގާޑުން އާއްމުކޮށްފައިވާ އެ އޯޑިއޯއަކީ 2023ގައި ޓައިޓަން ގޮވި ސަރަހައްދާ 900 މޭލު ދުރުގައި ހުރި އެކޯސްޓިކް ޑިވައިސްއަކުން ރެކޯޑު ކުރެވިފައިވާ އޯޑިއޯ އެކެވެ.
ގާތްގަނޑަކަށް 20 ސިކުންތު ދިގު އެ އޯޑިއޯގައި އެކޯސްޓިކް އަޑެއް އިވޭއިރު ކުއްލިއަކަށް ބާރުގަދަ ގޮވުމެއް ގޮވާ އަޑު ވެސް އިވިގެންދެ އެވެ.
އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އޯޝަން ގޭޓުން އޮޕަރޭޓްކުރި އެ ސަބްމާސިބަލް ގޮވުމުގެ ހާދިސާގައި އެއިން ދަތުރުކުރި ފަސް މީހުން ވެސް ވަނީ މަރުވެފަ އެވެ.
ޓައިޓޭނިކް އަޑިއަށް ދިޔަ ސަރަހައްދު ބަލާލަން ފީނި އެ އުޅަނދުގައި ދަތުރުކުރީ އޯޝަން ގޭޓްގެ ސީއީއޯގެ އިތުރުން ވިޔަފާރިވެރިންތަކެކެވެ.
އެ އުޅަނދަކީ އެފަދަ ދަތުރުތަކަށް ރައްކާތެރި އުޅަނދެއްގެ ގޮތުގައި ލިސްޓު ކުރެވިފައި ނުވާއިރު އެ އުޅަނދުން ދަތުރުކުރާ ހުރިހާ ފަސިންޖަރުން ވެސް ދަތުރުގެ ކުރިން އެގްރީމެންޓެއްގައި ސޮއިކުރަން ޖެހެ އެވެ.
ކޮބާ ތޯ ދެން އެ އޯޑިއޯ ކޮޅު؟
ރިޕްލައި