ކުރީގެ ފިރިމީހާ ޖޮނީ ޑެޕްއާއެކު ކުރިއަށް ދިޔަ ގާނޫނީ ކޯޅުމަކަށްފަހު ސްޕެއިންއަށް ދިރިއުޅުން ބަދަލުކުރި ހޮލީވުޑްގެ ތަރި އެމްބާ ހާޑް އެންމެ ފަހުން އޭނާގެ ނަން ވެސް ބަދަލުކޮށްފި އެވެ.
ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި އެމްބާގެ ރަސްމީ ހުރިހާ ލިޔެކިޔުމެއްގައި އޭނާ މިހާރު ބޭނުން ކުރަމުން އަންނަ ނަމަކީ މާތާ ޖޭން ކެނެރީ އެވެ.
އެހެން ގައުމަކަށް މުޅި ދިރިއުޅުން ބަދަލުކޮށް އަމިއްލަ ނަން ވެސް ބަދަލު ކުރުމުގެ ފަހަތުގައިވާ އެމްބާގެ މަގްސަދަކީ ކުރިމަތިވި ބަދުނާމުން ސަލާމަތްވުން ކަމަށް ބުނެވެ އެވެ.
ޖޮނީގެ މައްޗަށް އެމްބާ ކުރި ގެވެށި އަނިޔާގެ ދައުވާއާއި އޭގެ ރައްދުގައި އެމްބާއަށް ޖޮނީ އުފުލި އަބުރުގެ ދައުވާއިން ވެސް އެމްބާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.
ނަތީޖާއަކަށް ވެގެން ދިޔައީ ހޮލީވުޑްގެ ފަރާތުންނާއި އާއްމުންގެ ފަރާތުން ވެސް މަލާމާތާއި ފުރައްސާރަ އަމާޒުވެ ދާއިރާގައި އޭނާ އެކަހެރި ވުމެވެ.
އެހެން ކަމުން ސްޕެއިންއަށް ދިރިއުޅުން ބަދަލުކޮށް، މާޒީ ހަނދާން ނައްތާލައި އާ ފެށުމަކުން އޭނާގެ ދިރިއުޅުން ފަށަކް އެމްބާ އަންނަނީ މަސައްކަތް ކުރަމުންނެވެ.