ހޮލީވުޑްގެ ތަރި ޓިމޮތީ ޗަލަމެޓްއާއެކު އާއިލާއެއް ފަށަން މަޝްހޫރު މޮޑެލް ކައިލީ ޖެނާ ބޭނުންވާ ކަމަށް ހޮލީވުޑްގެ ރިޕޯޓުތައް ބުނެފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޓިމޮތީއާއި ކައިލީގެ މެދުގައި އޮތް ލޯބީގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަ ވަމުން އަންނައިރު އެކުގައި ދިރިއުޅުމެއް ފަށަން ދެ މީހުން ވެސް އަންނަނީ ވިސްނަމުންނެވެ.

އެގޮތުން ޓިމޮތީދެކެ ލޯބިވާ މިންވަރަށް މީގެ ކުރިން އެހެން އެއްވެސް މީހަކު ދެކެ ލޯބިނުވާ ކަމަށް ކައިލީ ބުނި ކަމަށް ހަބަރުތައް ބުނެ އެވެ.

އެހެން ކަމުން ވަރަށް އަވަސް މުސްތަގްބަލެއްގައި ޓިމޮތީއާއި ކައިލީގެ ކައިވެނީގެ ދައުވަތު ކާޑު ލިބޭނެ ކަމަށް ހޮލީވުޑްގެ މަސްރަހު ބަލާ ފަރާތްތަކުން ލަފާކުރެ އެވެ.

ތިމޮތީއާއި ކައިލީ މިފަހަކަށް އައިސް އެކުގައި ފެންނަ މިންވަރު އިތުރުވެފައިވާއިރު އެ ދެމީހުންގެ މެދުގައި އޮތް ލޯބީގެ ގުޅުން މިހާރު ވަނީ އާއްމުންނަށް ފަޅާ އަރާފަ އެވެ.

ކައިވެންޏަކާ ބެހޭގޮތުން ދެމީހުންކުރެ އެކަކު ވެސް އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް އެކަކު އަނެކަކާ ބެހޭގޮތުން އެމީހުން ވާހަކަ ދައްކަ އެވެ.