އެމެރިކާގެ މަޝްހޫރު ޑްރާމާ ސީރީޒްއެއް ކަމަށްވާ "ގޮސިޕް ގާލް"ގެ މުހިއްމު ރޯލަކުން ފެނުނު އެކްޓަރެއް ކަމަށްވާ މިޝޭލް ޓްރެޗްޓެންބާގް މަރުވެއްޖެ އެވެ.
އެގައުމުގެ ހަބަރުތައް ބުނާ ގޮތުގައި މިޝޭލް މަރުވެފައި އޮއްވާ ފެނުނީ ލޮސް އެންޖެލަސްގެ ސެންޓްރަލް ޕާކް ސައުތުގައި ހުރި އެޕާޓްމަންޓަކުން ބުދަ ދުވަހުގެ ހެނދުނު އެވެ.
މިޝޭލް މަރުވި ސީދާ ސަބަބެއް މީޑިއާއަށް ހާމަވެފައި ނުވި ނަމަވެސް މަރުވުމުގެ ދުވަސްކޮޅެއް ކުރިން އޭނާ ލިވާ ޓްރާންސްޕްލާންޓެއް ހަދާފައިވާކަން އެނގިފައިވެ އެވެ.
އެމެރިކާގެ ފުލުހުން ބުނެފައިވަނީ މިޝޭލްގެ މަރުގައި ޝައްކު ކުރެވޭ އެއްވެސް ކަމެއް ފެނިފައިނުވާ ކަމަށާއި އެހެންކަމުން އިތުރު ތަހުގީގަށް ޖާގައެއް ނެތް ކަމަށެވެ.
ގޮސިޕް ގާލްގެ އިތުރުން "ބަފީ ދަ ވެމްޕަޔާ ސްލޭޔާ" ފަދަ ފިލްމުތަކުން ފެނިފައިވާ މިޝޭލް މަރުވެފައިވަނީ އުމުރުން 39 އަހަރުގަ އެވެ.
މިޝޭލްގެ މަރާއެކު އޭނާއާއެކު މަސައްކަތްކުރި ހޮލީވުޑް ތަރިންގެ އިތުރުން އާއްމުން ވެސް އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅު ކުރަމުންނެވެ.
ހިމަބިހި ފެތުރޭއިރު ސަމާލު ވާންވީ ކަންތައްތައް!
ޖޭމްސް ބޮންޑްގެ ރޯލުން އިދްރިސް އެލްބާ ފެނިދާނެތަ؟
އަރަފާތް ދުވަހުގެ ހުތުބާ އާއި އީދު ނަމާދު ކުރައްވާނީ ދެ ބަފައިން