"ހުރިހާ"އިން ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ހާއްސަ ކޮށްގެން ގެނެސްދޭ "ރޯދަ މަލާފަތް"ގެ މިއަހަރުގެ ސީޒަންގައި އަޅުގަނޑުމެން ބަލާލާނީ ދިވެހި ރަހަތައް އެކުލެވޭ ދިވެހިވަންތަ ކެއުންތަކަށެވެ. އެގޮތުން އެންމެ ފުރަތަމަ މިއޮތީ ކަށިކޭލުން ހަދާ ކަންޖެކެވެ.
ބޭނުންވާ ތަކެތި
- 1 ޖޯޑު ކަށިކެޔޮ (ތުނިކޮށް ކޮށާފައި)
 - 3 މޭޒުމަތީ ސަމުސާ ހަނޑޫ ފުށް
 - 2 ޖޯޑު ފެން
 - ފޮނިތޮށި (5 އިންޗީގެ އެތިކޮޅެއް)
 - 7-8 ކާފުރުތޮޅި
 - 1/2 1 ޖޯޑު ފެން (ކަނދި ކައްކަން)
 - 1/2 ޖޯޑު ހަކުރު
 - 1/2 ޖޯޑު ބޯކިރު
 - 2 މޭޒުމަތީ ސަމުސާ ފިނިފެން
 
ތައްޔާރު ކުރާނެ ގޮތް
- 1/4 ޖޯޑު ފެނަށް ހަނޑޫ ފުށް އެއްކޮށްލުމަށްފަހު އެއްފަރާތް ކުރާށެވެ.
 - 1/2 1 ޖޯޑު ފެން އުދުމަށްފަހު ބޮކި ޖަހައި ކެކިގަންނަންދެން ކައްކާށެވެ.
 - އެއަށްފަހު ކަށިކޭލާއި ކާފޫރު ތޮޅި އަދި ފޮނިތޮށި އަޅައި ކަށިކެޔޮ ކޮޅު މަޑު ވަންދެން ކައްކާށެވެ. ގާތްގަނޑަކަށް 30 މިނެޓު ވެދާނެ އެވެ.
 - ހަކުރާއި އިތުރު ދޮޅު ޖޯޑު ފެން އެއްކޮށް ފެންގަނޑު ކެކުމުން ކުރިން ތައްޔާރުކުރި ހަނޑޫފުށް ފެން ތެއްޔަށް އަޅާލާށެވެ.
 - އެއަށްފަހު ގަނޑުވިޔަ ނުދީ ފެންގަނޑު ހަލަމުން ހަނޑޫފުށް ރޯފިލުވާށެވެ.
 - ރަނގަޅަށް ރޯފިލުމުން ބޯކިރުކޮޅު އަޅައި މަޑު ގިނީގައި ދެތިން މިނެޓު ކައްކާލާށެވެ.
 - އެއަށްފަހު އުނދުން މަތިން ބާލައި ފިނިފެން އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
 
			"ނަސްރުގެ ދުވަސް ފާހަގަކުރަމުން އައީ ކަޓުގޮތަކަށް"
		
			ހަކުރުބަލި ކޮންޓްރޯލް ކުރަން މުޅިން ތަފާތު އުކުޅުތަކެއް!