މިއަދުގެ ރޯދަ މަލާފަތް ސެގްމެންޓްގައި މި ގެނެސްދެނީ ދިވެހިންގެ މެދުގައި މަގުބޫލު ފޮނި ބާވަތެއް ކަމަށްވާ ރަވާ ބޯކިބާގެ ރެސިޕީ އެވެ.
ބޭނުންވާނެ ތަކެތި
- 1 ޖޯޑު ރަވާ
- 4 ޖޯޑު ފެން
- 1/2 ޖޯޑު ގެރިކިރު
- 1/4 ޖޯޑު ހަކުރު
- 1/2 ސައިސަމުސާ މުގުރި ފޮނިތޮށި
- 1/2 ސައިސަމުސާ މުގުރި ކާފުރުތޮޅި
- 1 ފިޔާ (ތުނިކޮށް ކޮށާފައި)
- 1 މޭޒުމަތީ ސަމުސާ ގިތެޔޮ
- 1 މޭޒުމަތީ ސަމުސާ ރޯސް އެސެންސް
ތައްޔާރު ކުރާނެ ގޮތް
- ތެއްޔަކަށް ރަވާކޮޅު އަޅައި މަޑުގިނީގައި ހަނާ ކޮށްލާށެވެ.
- ރަވާކޮޅު ހަނާވުމުން އޭގެ ތެރެއަށް ފެނާއި ހަކުރާއި ގެރިކިރާއި ފޮނިތޮށި އަދި ކާފުރުތޮޅީގެ އިތުރުން އެސެންސްކޮޅު އެއްކޮށްލުމަށްފަހު ގަނޑުވިޔަ ނުދީ ހަލަމުން ގެންދާށެވެ.
- ފުށްގަނޑު ރަނގަޅަށް އެއްވުމުން ޓްރޭއަކަށް އަޅައި އެއްފަރާތް ކުރާށެވެ.
- އެހެން ތެއްޔެއްގައި ގިތެޔޮ އަޅައިގެން ފިޔާކޮޅު ރަތް ކޮށްލުމަށްފަހު އުނދުން މަތިން ބާލާށެވެ.
- ރަވާ ފުށްގަނޑާއި ފިޔާކޮޅު ޓްރޭއެއްގައި ރަނގަޅަށް އެއްކޮށްލާށެވެ.
- 180 ޑިގްރީއަށް އަވަން ހޫނު ކުރުމަށްފަހު 30 މިނެޓު ވަންދެން އަވަނުގައި ފިހެލާށެވެ.
- އަވަނުން ނެގުމަށްފަހު މައްޗަށް ރޯ ފިޔާކޮޅަކާއި ކެޝޫ ފަދަ ނަޓްސްކޮޅެއް ބުރުވާލެވިދާނެ އެވެ.