ކެންސަރަށް ފަރުވާ ހޯދަމުން ވެސް އިންޑިއާގެ މަޝްހޫރު އެކްޓަރު ހީނާ ޚާން ރަމަޟާން މަހުގެ ރޯދަ ހިފަމުން ދާ ކަމަށް ހާމަކޮށްފި އެވެ.
ހީނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފުރަތަމަ ދުވަހުގެ ހާރުން ފެށިގެން ރޯދަ ވީއްލުމާ ހަމައަށް ހޭދަވީ ވަރަށް އުފާވެރި ދަތުރެއް ކަމަށެވެ.
އެ ޕޯސްޓުގައި އޭނާ ވަނީ ސަޕޯޓަރުންގެ ދުއާތަކުގައި އޭނާ ހިމަނައިދިނުމަށް އެދި ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ އެންމެންނަށް ކިޔާފަ އެވެ.
ހީނާ ރޯދަ ހިފަމުން ދާކަން ހާމަކޮށްފައި މިވަނީ ކެންސަރަށް ފަރުވާ ހޯދުމުގެ ތެރެއިންނެވެ. ދާދި ފަހުން އޭނާގެ ކީމޯތެރަޕީ ސެޝަންތައް ނިމިފައިވީ ނަމަވެސް އަދިވެސް ބޭސްތައް ކަމުންދެ އެވެ.
ހީނާއަށް ސްޓޭޖް 3 އުރަމަތީގެ ކެންސަރު ޖެހިފައިވާކަން ހާމަކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ ކެންސަރު ދަތުރުގެ އުސްއަލިތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
ސްޓާ ޕްލަސްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ"އިން އާއްމުންގެ މަގުބޫލުކަން ހޯދި ހީނާ ސްކްރީނުން އެންމެ ފަހުން ފެނިފައިވަނީ ޖެނުއަރީ މަހު ނުކުތް ފިލްމު "ގްރިހަ ލަކްސްމީ" އިންނެވެ.

ޑްރަގް ހުރި 63 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި
ޕީއެންސީއާ ދެކޮޅުވުމުން ޕީއެންސީ ފެނަކަ މުވައްޒަފަކު ސަސްޕެންޑު
ރޯދަ މަލާފަތް: އިހު ދިވެހިންގެ ސާގު ކަނދި ރޯދަ ސުފުރާތަކަށް!