އަލަތު ކައިވެންޏަށްފަހު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު މާވްރާ ހޮކޭންގެ ފުރަތަމަ ރޯދަ ވީއްލުމުގެ ތަޖުރިބާ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފި އެވެ.
އިންސްޓަގްރާމްގެ ސްޓޯރީއަށް ލާފައިވާ ފޮޓޯއެއްގައި މާވްރާ ވަނީ އަންތްބެއްގެ ގޮތުގައި އޭނާގެ ފުރަތަމަ ރޯދަ ވީއްލުމުގެ ކުޑަ މިންވަރެއް ދައްކާލާފަ އެވެ.
އެގޮތުން އެ ރޯދަ ވީއްލުމުގެ ކެއުމުގައި ކެބާބްގެ އެކި ބާވަތްތަކާއި ސްޓްރޯބެރީގެ އިތުރުން ވެސް ރަހަމީރު ކެއުންތައް ހިމަނާފައިވެ އެވެ.
އެ ފޮޓޯއާއެކު މާވްރާ ބުނެފައިވާ ބަސްކޮޅުން ދޭހަވަނީ އެންމެ ފުރަތަމަ ރޯދަ ވީއްލުމުން ވެސް ބަރުދަން އިތުރުވާން މަގުފަހިވާނެ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެކްޓަރު އަމީރު ގިލާނީއާ ކައިވެނިކުރި ޕާކިސްތާނަށް އުފަން މާވްރާ ވަނީ ބޮލީވުޑްގެ ކާމިޔާބު ފިލްމު "ސަނަމް ތޭރީ ކަސަމް"އިން ފެނިފަ އެވެ.
2016 ވަނަ އަހަރު އެންމެ ފުރަތަމަ ރިލީޒްކުރި އެ ފިލްމު ދާދިފަހުން އަލުން ސިނަމާތަކުގައި އަޅުވާފައިވާއިރު އެ ފިލްމުން ވަނީ ރީ ރިލީޒްގެ ރެކޯޑުތައް މުގުރާލާފަ އެވެ.