ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވިކަމުގެ ސިޓީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުލިބޭތީ ސުއޫދާ ގުޅޭ މައްސަލަތައް ކުރިއަށް ގެންދަން ޖޭއެސްސީން ނިންމައިފި އެވެ.
ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ސުއޫދު މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވިކަމުގެ ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވައިފަ އެވެ. އެކަމަކު ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާއަށް އެޑްރެސްކުރައްވައި އެ ކޮމިޝަނަށް އަލުން ސުއޫދު ވަނީ ސިޓީ ފޮނުވައިފަ އެވެ.
ސުއޫދު ފުރަތަމަ މިއަދު ހެނދުނު އިސްތިއުފާގެ ސިޓީ ފޮނުއްވީ ރައީސް މުހައްމަދު މުއިއްޒަށް އެޑްރެސް ކުރައްވަ އެވެ. ޖޭއެސްސީއަށް ސިޓީ ނުލިބޭތީ އިސްތިއުފާ ގަބޫލުނުކޮށް ސުއޫދުގެ ހަތަރު މައްސަލައެއް ބެލުމަށް ކޮމިޝަނުން މިއަދު ނިންމި އެވެ.
ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން ފަނޑިޔާރުންގެ އިސްތިއުފާގެ ސިޓީ ފޮނުވަން ޖެހެނީ ޖޭއެސްސީގެ ރައީސަށެވެ. ނަމަވެސް ޖޭއެސްސީއަށް ސިޓީ ލިބިފައިިނުވާތީ, ސުއޫދާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ކުރިއަށް ގެންދަން އެ ކޮމިޝަނުން ނިންމި އެވެ.
ފަނޑިޔާރު ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލް ކޮށްފައި އޮއްވަ އެވެ.
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
ސަރުކާރުން ބޭނުންވާ ބިމެއް ކައުންސިލްގެ އަތުން ނެގޭގޮތް ހަދަނީ
އިތުރު ވަސީލަތްތަކާއެކު ރަސްފަންނު ތަރައްގީކުރަން ފާސްކޮށްފި