ހުރިހާގެ "ރޯދަ މަލާފަތް" ސެގްމެންޓަކީ މި ރަމަޟާން މަހު ކިޔުންތެރިންގެ ރޯދަ ސުފުރާތައް މުއްސަނދި ކޮށްދިނުމުގެ ބޭނުމުގައި ގެނެސްދޭ ސެގްމެންޓެކެވެ.

ކަނަމަދު ކޭކަކީ މި ފަހަކަށް އައިސް ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު ވެފައިވާ ކެއުމެކެވެ. މިއަދުގެ ރޯދަ މަލާފަތުގައި މި ގެނެސްދެނީ ކަނަމަދު ކޭކު ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި

  • 150ގ ކަނަމަދު (ކައްޗަށް ކޮށާފައި)
  • 150ގ ގުރާމު ހަކުރު (މުގުރާފައި)
  • 150ގ ފުށް
  • 1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރު
  • 1 ސައިސަމުސާ ވެނީލާ އެސެންސް
  • 2 ބިސް
  • 1 މޭޒުމަތީ ސަމުސާ ބަޓަރު
  • ½ ޖޯޑު ފުލް ކްރީމް ކިރު

ތައްޔާރު ކުރާނެ ގޮތް

  1. ބަޓަރު، ބިސް އަދި ހަކުރު އެއްކޮށް ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ފުށާއި، ބޭކިންގް ޕައުޑަރު އަޅައި ފުށްގަނޑު ފުރާނާލުމަށްފަހު ކިރު އަޅާ އަނެންކާވެސް އެއްކޮށްލާށެވެ.
  2. ރަނގަޅަށް ގިރުމުން ކަނަމަދާއި އެސެންސް އަޅާ އެއްކޮށްލާށެވެ.
  3. ޓްރޭގައި ތެޔޮ ހޭކުމަށްފަހު އެއަށް ފުށްގަނޑު ފަތުރާލާށެވެ. އަވަން 180 ޑިގްރީ ސެލްސިއަސްގައި ބަހައްޓައިގެން 30 މިނެޓު ފިހެލާށެވެ.
  4. ފިހެވުމުން އަވަނުން ނަގައި ކޭކުގެ މައްޗަށް މުގުރާފައި ހުރި ކަނަމަދު ކޮޅެއް ބުރުވާލާށެވެ.