ޖެނުއަރީ މަހު ކުރިމަތިވި ވަޅީގެ ހަމަލާއަށްފަހު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އޭނާގެ މަސައްކަތަށް އަލުން ނުކުމެއްޖެ އެވެ.
ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ސައިފް އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންއަށް ނުކުމެފައިވާއިރު އޭނާ ފެނިގެންދިޔައީ މުޅިން ތަފާތު ގޮތަކަށެވެ.
ރީތިކޮށް ކޮށާފައިވާ މަތިމަހަކާއި ސަޑަކާއެކު އޮމާން ކޮށްފައިހުރި އިސްތަށިގަނޑަކީ އޭނާގެ ފިލްމުގެ ކެރެކްޓަރު ދައްކުވައިދޭ ސްޓައިލެއް ކަމަށް ބުނެވެ އެވެ.
ސައިފް ފިލްމީ މަސައްކަތްތަކަށް ނުކުމެފައިވީ ނަމަވެސް އޭނާ މަސައްކަތް ކުރަމުން އަންނަ ފިލްމުގެ ތަފްސީލެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ސައިފްގެ ގެއަށް ވަގަކު ވަދެ އޭނާއަށް ދިން ހަމަލާގައި އޭނާގެ ހަށިގަނޑުގެ އެތައް ތަނެއް ޒަހަމްވި އެވެ. އޭގެ ތެރޭގައި ކަރާއި މައިބަދަ ވެސް ހިމެނެ އެވެ.
ފަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ސައިފް ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާގެ ގޭގެ ކައިރީގައި ސެކިއުރިޓީ ވެސް އިތުރަށް ވަރުގަދަ ކޮށްފައިވެ އެވެ.