ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމް ފަންނާނުން އުޅުނު ނަމަވެސް އެ އެންމެންނަކީ ދީނުގެ ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ނޫނެވެ.
އެހެން ނަމަވެސް އޭގެ ތެރެއިން ވެސް މަދު ބަޔަކު އަޅުކަންތަކުގައި އުޅެ އެވެ. އެގޮތުން މި ބަލާލަނީ ރޯދަ މަހުގެ ރޯދަ ހިފާ މުސްލިމް ބައެއް ތަރިންނަށެވެ.
ރިޒް އަހްމަދު
ޕާކިސްތާން ނަސްލުގެ އިނގިރޭސި އާއިލާއަކަށް ނިސްބަތްވާ ރިޒްއަކީ އެންމެ ކުޑައިރުއްސުރެ ވެސް ދީނީ ކަންކަމުގައި ހަރަކާތްތެރިވި ތަރި އެކެވެ. އޭނާ ވަނީ 2020 ވަނަ އަހަރުގެ ރޯދަ މަހު މުސްލިމުން ގޭގައި ތިބެ އަޅުކަން ކުރަން ކެމްޕެއިނެއް ވެސް ކޮށްފަ އެވެ.
ރަމީ ޔޫސުފް
މިސްރާއި އެމެރިކާގެ ނަސްލު ހިއްސާކުރާ ރަމީއަކީ އެންމެ ކުޑައިރުއްސުރެ ވެސް ރަމަޟާން މަހުގެ އަޅުކަމުގައި އުޅުނު ތަރިއަކަށްވާއިރު މިއަދު ވެސް އޭނާއަކީ އެކަމުގައި ހަރަކާތްތެރި ތަރި އެކެވެ.
އަންވަރު ހަދީދް
ފަލަސްތީނުގެ ބައްޕައަކަށް އުފަން އަންވަރުއާއި އޭނާގެ އެއްބަނޑު އެއްބަފާ ބެލާ ހަދީދް އަދި ގިގީ ހަދީދް އަކީ ވެސް ރަމަޟާން މަހުގެ އަޅުކަމުގައި ބައިވެރިވާ ތަރިންނެވެ.
ޑީޖޭ ޚާލިދު
ފަލަސްތީނު މައިންބަފައިންނަށް އުފަން އެމެރިކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޑީޖޭ ޚާލިދު ބުނާ ގޮތުގައި ރޯދަ މަހު އޭނާ ރޯދަ ހިފަން މަސައްކަތް ކުރި ނަމަވެސް ބައެއް ފަހަރު ވަރުދެރަ ވެގެން ހޮސްޕިޓަލަށް ގެންދަން ވެސް ޖެހިފައިވެ އެވެ.
ޒޭން މަލިކް
ޕާކިސްތާނުގެ އާއިލާއަކަށް އުފަން ވަން ޑިރެކްޝަންގެ ކުރީގެ މެމްބަރު ޒޭން މަލިކްއަކީ ވެސް ރަމަޟާން މަހުގެ ރޯދަ ހިފާ ކަމަށް ބުނެވޭ ތަރި އެކެވެ. އޭނާއަކީ ރަމަޟާން މަހުގެ މުހިއްމުކަމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓު ވެސް ހިއްސާކުރާ ތަރި އެކެވެ.
ހަލީމާ އެޑެން
މަޝްހޫރު ބްރޭންޑްތަކުގެ އެމްބެސެޑަރުކަން ކުރަމުން އަންނަ ސޯމާލިއާ ނަސްލުގެ ހަލީމާ ބުނީ ރޯދަ ހިފުމަކީ އޭނާއަށް އުނދަގޫ ކަމެއް ނޫން ކަމަށާއި ކުރާ ހިތުން ކުރާ ކަމެއް ކަމަށެވެ.