ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު ގިނަ މީހުންގެ ހިތުގައި އުފެދޭ ވަރަށް އާއްމު ދީނީ ސުވާލުތަކެއް ހުރެ އެވެ. ހުރިހާގެ މި ސެގްމެންޓަކީ އެފަދަ ސުވާލުތަކަށް ދީނީ އިލްމުވެރިން ދެއްވާފައިވާ ޖަވާބު ގެނެސްދޭ ސެގްމެންޓެކެވެ.

މިއަދުގެ ސުވާލާއި ޖަވާބުގެ ބައިގައި މި ގެނެސްދެނީ ވަރަށް ގިނަ މައިންބަފައިންގެ ހިތުގައި އުފެދޭ ސުވާލެކެވެ. އެމީހުންގެ ދަރިން ރޯދައަށް ބައިތިއްބުމާ ގުޅޭގޮތުންނެވެ.

Adv by Dhiraagu
Dhiraagu
Adv by Villa Hakatha Pvt. Ltd
Villa Hakatha Pvt. Ltd

ސުވާލު: ކުޑަ ކުދިންނަށް ރޯދަ ހިފުން ފަރުޟުވަނީ ކޮން އުމުރެއްގައި؟

ޖަވާބު: ކުޑަ ކުދިންނަށް ޝަރުއީ ގޮތުން ރޯދަ ފަރުޟުވަނީ އެކުދިން ބާލިޣުވުމުންނެވެ. އެއީ އެކުދިންގެ އުމުރުން ފުރާވަރަށް އެޅުމުން ކަމަށް ވިޔަސްމެ އެވެ.

އޭގެ ކުރިން އުމުރުން 7 ނުވަތަ 8 އަހަރުގައި ވެސް ރޯދައަށް ހުރުމުގެ ތަމްރީން ދީ އެކަމަށް ހިތްވަރު ދިނުމަކީ އެދެވިގެންވާ ކަމެކެވެ. އެއީ ބާލިޣުވާން ވާއިރަށް ކުއްޖާ އެކަމަށް ހޭނުވުމުގެ ގޮތުންނެވެ.

އެހެން ނަމަވެސް ޝަރުއީ ގޮތުން ބާލިޣުވުމުން ނޫނީ ކުޑަކުދިންގެ މައްޗަށް ރޯދަ ހިފުން ފަރުޟުވެގެން ނުވެ އެވެ. އެހެނީ ބާލިޣުނުވާ ނަމަ ރޯދަ ނުހިފުމަކުން އެކުދިންގެ މައްޗަށް އެއްވެސް ފާފައެއް ނެތެވެ.

ޖަވާބު ދެއްވީ: ޝެއިޚް އައްސިމް އަލް ޙަކީމް