ތާޕްސީ ޕަންނޫއަކީ މިވަގުތު ބޮލީވުޑްގައި ހަރަކާތްތެރިވާ އަންހެން ތަރިންގެ ތެރެއިން އެންމެ ހުނަރުވެރި އެއް ޒުވާން އެކްޓަރެވެ. 2013 ވަނަ އަހަރު ނުކުތް "ޗަސްމެ ބައްދޫރު"އިން ބޮލީވުޑަށް ތައާރަފްވި ތާޕްސީ ވަނީ މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ.

ބޮލީވުޑްގައި އޭނާއަށް ލިބެމުން އަންނަ ކާމިޔާބީތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ތާޕްސީ ބުނެފައިވަނީ އޭނާއަށް ބޮލީވުޑުން ފުރުސަތު ލިބުނީ 90ގެ މަޝްހޫރު ތަރި ޕްރިތީ ޒިންތާއާ ވައްތަރު ވުމުން ކަމަށެވެ.

އެގޮތުން އޭނާގެ މޫނުގެ ބައްޓަމާއި ސިފަތައް ޕްރިތީއާ ވައްތަރު ވުމުން ގިނަ ޕްރޮޑިއުސަރުން އޭނާ ފިލްމުތަކަށް ނަގަން ބޭނުންވި ކަމަށް ތާޕްސީ ބުންޏެވެ.

ޝިއްކަރު ދަވަންގެ ޓޯކް ޝޯގައި މިދިޔަ އަހަރު ތާޕްސީ ބުނެފައިވަނީ ގިނަ ބަޔަކު އޭނާއާއި ޕްރިތީ އަޅާ ކިޔާތީ އެކަމުގެ ޕްރެޝަރާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

"އަހަންނަށް މަޖުބޫރުވި އެ ފެންވަރަށް މަސައްކަތް ކުރަން،" ޕްރިތީގެ މަގުބޫލުކަމާ ބެހޭގޮތުން ވާހަކަ ދައްކަަމުން ތާޕްސީ ބުނެފައިވެ އެވެ.

ތެލުގޫ ފިލްމުތަކުން އެންމެ ފުރަތަމަ ފެނިގެންދިޔަ ތާޕްސީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޝާހްރުކް ޚާންގެ ފިލްމު "ޑަންކީ"އިންނެވެ.