އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަހީދު ވަކިކުރުމަށްފަހު އެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު މިއަދު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ވިދާޅުވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި، ފަސީހު ރައީސް މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ ކަމަށެވެ.
ޝަމްއާން ކުއްލިއަކަށް މަގާމުން ވަކިކުރިއިރު އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައްސަލައެއް ތަހުގީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މިހާރު ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ބައެއް ތަފްސީލް ދެމުން ބަޔާނުގައި ބުނީ އިއްޔެ ރޭ ހާއްސަ އޮޕަރޭޝަނެއްގައި ހިންގާ ގެއެއް ވަނީ ބަލައި ފާސްކޮށް 3 މީހަކު ހައްޔަރުކުރި ކަމަށެވެ.
ހެނދުނު ކޮފީއަށްފަހު ހިތް އަވަސް ވޭތަ؟ ސަމާލުވާންވީ 6 ކަމެއް!
ސެލީނާއަށް 1.2 މިލިއަން ޑޮލަރުގެ މަކަރާއި ހީލަތުގެ ދައުވާއެއް!
ކަތިވަޅިއަކުން މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި