މިއަހަރުގެ "ރޯދަ މަލާފަތް" ސެގްމެންޓްގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ ދިވެހިންގެ ރަހަތަކާ ގުޅޭ ދިވެހި ކެއުންތައް ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ.

މިއަދުގެ ރެސިޕީއަކަށް މިއޮތީ ބަތްގަނޑެއް ކާލަން ބޭނުންވާ ދުވަސް ދުވަހު ތައްޔާރު ކޮށްލަން ފަސޭހަ، ރަހަ ވެސް އެހާ މީރު ބަތެކެވެ.

ބޭނުންވާ ތަކެތި

  • 2 ޖޯޑު ބާސްމަތީ ހަނޑޫ (ދޮވެފައި)
  • 1 ޖޯޑު މުގު (ދޮވެފައި)
  • 10 ހިކި މިރުސް (މެދުން ބުރިކޮށްފައި)
  • 6 އިންޗި ރާނބާފަތް
  • 4 މޭޒުމަތީ ސަމުސާ ގިތެޔޮ
  • 1 ފިޔާ (ތުނިކޮށް ކޮށާފައި)
  • 1 ސައިސަމުސާ ދިރި
  • 1 ސައިސަމުސާ ލޮނު
  • 2 ޖޯޑު ފެން

ތައްޔާރު ކުރާނެ ގޮތް

  1. ތެއްޔަކަށް ގިތެޔޮކޮޅު އަޅައި މަޑު ގިނީގައި ހޫނު ކޮށްލުމަށްފަހު ފިޔާކޮޅާއި ރާނބާފަތް، ދިރި އަދި ހިކި މިރުސް އަޅައި ރަނގަޅަށް މީރު ކޮށްލާށެވެ.
  2. ފިޔާކޮޅު ރަނގަށް ރަތްވުމުން މުގާއި ހަނޑޫ އަޅައި ރަނގަޅަށް ހަނާ ކޮށްލަން ދެތިން މިނެޓު މަޑު ގިނީގައި ކައްކާށެވެ.
  3. އެއަށްފަހު ފެން އަޅައި ދިޔަވަރު ހެޔޮވަރު ކުރުމަށްފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ.
  4. ފެންފޮދު ހިކި ބަތްތެލި ހިނދުމުން އުނދުން މަތިން ބާލާށެވެ.