ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ހާފިޒުންނަށް ހާއްސަ ޖަލްސާއެއް ބާއްވައި 24 ހާފިޒަކަށް ސަނަދު ދީފި އެވެ.
މިކަމަށް ހާއްސަކޮށް ރޭ ބޭއްވި ޖަލްސާގައި ހާފިޒުންނަށް ސަނަދު ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ސަނަދު ހާސިލްކުރެއްވި ހާފިޒުންގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މި މަހުގެ ނިޔަލަށް ގުރުއާން ހިތުދަސްކުރެއްވި ހާފިޒުންނެވެ.
މި އަހަރު ހާފިޒުކަމުގެ ސަނަދު ހާސިލްކުރެއްވި ފަރާތްތަކަކީ:
- ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް މުޙައްމަދު މިޝްޢަލް ޢާޡިމް (ހ. ލައިޓްލައިން / މާލެ)
- ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ރައްޔާން އަޙްމަދު މުޙައްމަދު (ދޫރެސް / ޏ. ފުވައްމުލައް)
- ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ފާޠިމަތު މަންހާ ބިންތް އިސްމާޢީލް (އަސުރުމާގެ / ވ. ތިނަދޫ)
- ޢުމުރުން 14 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ޢާއިޝަތު ޒީކް ރިޔާޟް (އޯޝަން / ސ. ފޭދޫ)
- ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަބްދުﷲ އަޙްސަން ސަޢީދު (ޑިއަރެސްޓް / ސ. ފޭދޫ)
- ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް އުވައިސް ބިން ޢިނާޒް (ވައިލެޓްވިލާ / ގދ. ރަތަފަންދޫ)
- ޢުމުރުން 17 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ އާމިނަތު ޢިލްމާ ޠަލްޙަތު (މ. ރިހިރާޅު / މާލެ)
- ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް އާތިކު ޢަބްދުއްސައްތާރު (ނިރު / ނ. މާފަރު)
- ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޒަލަފް ބިން ނާފިޢު (ޝާދީ ވިލާ / އދ. މަހިބަދޫ)
- ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް މުޞްޢަބް ބިން ފައިޞަލް (ބަގީޗާމަންޒިލް / ކ. ގުރައިދޫ)
- ޢުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް އަޙްމަދު ރައީފް މުޙައްމަދު (ގުލްފާމްހިޔާ / ރ. މަޑުއްވަރީ)
- ޢުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ޢާއިޝަތު ސާއިބަތު މުޙައްމަދު ރިކްޒާން (ފެމެލީ / ޅ. ނައިފަރު)
- ޢުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަބްދުﷲ ޙަޔާން ރަމީޒް (ގުރަހަ / ޅ. ނައިފަރު)
- ޢުމުރުން 14 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢާސިރު ޢާރިފް ޔޫސުފް (އަޅިވިލާގެ / ބ. އޭދަފުށި)
- ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢާރިޝް ޢަބްދުﷲ އިބްރާހިމް (ޢާޒް / ޅ. ނައިފަރު)
- ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޒާލިފް މަދީޙް، (ހިޔާވަހި / ޅ. ނައިފަރު)
- ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަބްދުﷲ ޒަކްވާން މުޙައްމަދު ރިކްޒާން (ފެމެލީ / ޅ. ނައިފަރު)
- ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ މަރްޔަމް ޙުނާ ޙަސަން (ހައިވޭ / ޏ. ފުވައްމުލައް)
- ޢުމުރުން 23 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ބިލާލް ބިން އަޙްމަދު (ގ. ހީނާ ހިޔާ / މާލެ)
- ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ޢާއިޝަތު ލިޒީ (ވެހި / ށ. މިލަންދޫ)
- ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަލާވީ އައްޔޫބު ބިން މުޙައްމަދު ޝުޖާޢު (މއ. ރަތްއެންދެރި / މާލެ)
- ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ނަބާހަތު ޢަބްދުﷲ (ސެލްވޭޝަން / އއ. ހިމަންދޫ)
- އުމުރުން 66 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް އިބްރާހީމް ނަފީސް ޙުސައިން (ކޮންގްރެސް / އައްޑޫ ސިޓީ ހިތަދޫ)
- އުމުރުން 14 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ފާޠިމަތު ޢީޝަލް އަޙްމަދު (މ. ކިރިލި / މާލެ)
ސަރުކާރުން ވަނީ ހާފިޒުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)އިން ގަބޫލުކުރާ މިންގަނޑަށް ބަދަލުކޮށްފަ އެވެ. މީގެ އިތުރުން ކޮންމެ ދަރަޖައެއްގައި ހާފިޒަކު ފާސްވި ނަމަވެސް ރައީސްގެ ޚާއްސަ މެޑަލް ދެއްވާގޮތަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.