ސައިޕްރަސްގައި ބޭއްވި ކޮންސެޓްއެއްގައި ހުށައެޅުމެއް ހުށައަޅަމުން ދަނިކޮށް ތުރުކީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވޮލްކަން ކޮނަކް ކުއްލި ގޮތަކަށް ވެއްޓި މަރުވެއްޖެ އެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ސައިޕްރަސްގެ ހޮޓަލެއްގައި އޮތް އެ ކޮންސެޓުގެ ތެރެއިން ކޮނަކް ވެއްޓުމުން 112 މެޑިކަލް ޓީމުން 40 ވަރަކަށް މިނެޓު ވަންދެން އެތަނުން ތަނަށް އަވަސް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލަށް ގެންދިޔަ އެވެ.
ސައިޕްރަސްގެ ފަމަގުސްތާ ސްޓޭޓް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ރޭ ދަންވަރު 12:10 ހާއިރު ކޮނަކް އެ ހޮސްޕިޓަލަށް ގެންދެވި އެމަޖެންސީގައި ސީޕީއާރު ދެވެން ފެށުނު ކަމަށެވެ.
އެހެން ނަމަވެސް ޑޮކްޓަރުންގެ މަސައްކަތުން ވެސް ކޮނަކްގެ ފުރާނަ ސަލާމަތް ނުކުރެވުނުއިރު އޭނާ މަރުވިކަން ޔަގީން ކޮށްދީފައިވަނީ އެރޭ 12:42ގަ އެވެ.
ފޯރިގަދަ ކޮންސެޓެއްގެ ތެރެއިން ކޮނަކް ވެއްޓި މަރުވިއިރު އޭނާ މަރުވި ސީދާ ސަބަބެއް މީޑިއާއަށް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ކޮނަކްގެ މަރާ ގުޅިގެން ތުރުކީގެ ވެރިރަށް އަންކާރާގެ މޭޔަރު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮނަކްގެ ލަވަތަކަކީ ތުރުކީ ރައްޔިތުންގެ ހަނދާނުގައި އަބަދުވެސް ހުންނާނެ ލަވަތަކެއް ކަމަށާއި އެއީ ފަނޑުނުވާނެ ހަނދާންތަކެއް ކަމަށެވެ.
އިމްތިހާނުގެ ކުރިން ކިމް ކުރަން ޖެހުނު ތަޖުރިބާ ހިއްސާ ކޮށްފި
މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19،527.90ރ. ކަމަށް ކަނޑައަޅައިފި
ޕްރައިމަރީ ނުބާއްވައި ޕީއެންސީން ގިނަ ބަޔަކަށް ޓިކެޓް ބަހާލަނީ