ރ. މަޑުއްވަރީގައި ވަޅިން ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަޑުއްވަރީގައި ދެ މީހެއްގެ ދެމެދު ހިނގި މާރާމާރީގެ މައްސަލަ ރޭ 11:28 ހާއިރު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ދަށް ފެށުމަކާއެކު ޓޮމް ކްރޫޒްގެ "ޑިގާ"އަށް ފިނި ތަރުހީބެއް!
ސަރުކާރުގެ ނިންމުން ބަދަލުކޮށް، އަބުޗާ އަލުން ޖަލަށް ގެންގޮސްފި
އާ ސްޓޮކް ލިބި، އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރަން ފަށަނީ