ރައީސް މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން ދަރިކަނބަލުން ކިޔަވައިވިދާޅުވާ ޔުނިވާސިޓީ އޮފް ލީޑްސް އަށް ޒިޔާރަތް ކުރައްވަން ރަސްމީ ބައްދަލުވުމެއް ހަމަޖައްސައިފި އެވެ.
ފަތުރުވެރިކަން ޕްރޮމޯޓް ކުރަން ލިވަޕޫލް ފުޓުބޯޅަ ކްލަބާއެކު ރާއްޖެއިން ސޮއި ކުރި އެއްބަސްވުން ލޯންޗު ކުރުމުގެ ހަފުލާއަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މިއަދު އެވެ.
ރައީސް މުއިއްޒުވެސް ކިޔަވާ ވިދާޅުވި ލީޑްސް ޔުނިވާސިޓީއަށް ރަސްމީ ދަތުރުފުޅުގައި ޒިޔާރަތް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެގޮތުން ލީޑްސް ޔުނިވާސިޓީ އާއި ލީޑްސް ޓައުން ހޯލަށް ޒިޔާރަތްކުރައްވައި، ލީޑްސް ސިޓީގެ ކައުންސިލަރާ ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.
ރައީސް މުއިއްޒުގެ ދަތުރުގެ ތެރެއިން އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ވެސް ރައީސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެކަމަކު، އެއީ ލީޑްސް ޔުނިވާސިޓީއަށް ކުރައްވާ ދަތުރުގެ ތެރެއިން ކުރައްވާ ބައްދަލުވުމެއް ނޫނެވެ.
ރައީސްގެ ޒާތީ މަސްލަހަތު ހިމެނޭކަމެއް ރަސްމީ ދަތުރުފުޅުގެ ރަސްމީ ބައްދަލުވުމެއްގެ ގޮތުގައި ހިމަނާފައިވުމުން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
ވަތަނީ ހިދުމަތުގެ 2 ވަނަ ބެޗުގެ ބައިވެރިން ތަންރީނުތަކަށް
ހިދާގެ ގަހަނާ ވަނީ ކަސަބުން ޖަރީކޮށްފައި!
މި ގްރޫޕްގެ ލޭ ހުންނަ މީހުންނަށް ސިއްހީ ފައިދާތަކެއް!
މިއީ، ހަމައެއް ގޮތެއް ފޮތެއް ބައްލަވާ ރައީސެއް ނޫނެއްނު