މިހާރު ސިނަމާތަކުގައި އަޅުވާފައިވާ ޑިޒްނީގެ ލައިވް އެކްޝަން ފިލްމު "ސްނޯ ވައިޓް"އަށް ލިބެމުން އަންނަ ފިނި ތަރުހީބާއެކު އެ ކުންފުނީގެ ކުރިއަށް ހުރި މަސައްކަތްތައް މަޑު ޖައްސާލައިފި އެވެ.
އެގޮތުން 2010 ވަނަ އަހަރު ރިލީޒްކުރި އެނިމޭޓަޑް ފިލްމު "ޓޭންގަލްޑް"ގެ ލައިވް އެކްޝަން ރިމޭކްގެ މަސައްކަތް ވަކި ހިސާބަކަށް ގެންދިއުމަށްފަހު މިހާރު ވަނީ ހުއްޓާލާފަ އެވެ.
ޖެނިފާ ކޭޓިންގެ ސްކްރިޕްޓަކަށް މައިކަލް ގްރޭސީ ޑައިރެކްޓް ކުރާ އެ ފިލްމުގެ މަސައްކަތް ހުއްޓާލާފައިވަނީ ކިހާ ދުވަހަކަށް ކަމެއް ޑިޒްނީއިން ބުނެފައެއް ނުވެ އެވެ.
"ޓޭންގަލްޑް"ގެ މުސްތަގްބަލް ނޭނގުމެއްގެ ތެރޭގައި އޮތް މި ދަނޑިވަޅުގައި ގިނަ ބަޔަކު އަންނަނީ ޑިޒްނީގެ މިފަހުގެ ނިންމުންތަކާ މެދު ސުވާލު އުފައްދަމުންނެވެ.
އެ ކުންފުނީގެ ފިލްމު "ސްނޯ ވައިޓް"އަށް ކްރިޓިކްސްއާއި ބެލުންތެރިންގެ ފަރާތުން ވެސް ފާޑުކިޔުން އަމާޒުވަމުން އަންނައިރު އެ ފިލްމަށް މިހާތަނަށް ލިބިފައިވަނީ 145 މިލިއަން ޑޮލަރުގެ އާމްދަނީ އެކެވެ.
މިއީ ޑިޒްނީއިން މީގެ ކުރިން ރިލީޒްކުރި ލައިވް އެކްޝަން ފިލްމުތަކުގެ އާމްދަނީއާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.
ޖޭމްސް ބޮންޑްގެ ރޯލުން އިދްރިސް އެލްބާ ފެނިދާނެތަ؟
އަރަފާތް ދުވަހުގެ ހުތުބާ އާއި އީދު ނަމާދު ކުރައްވާނީ ދެ ބަފައިން
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާތަކެއް ދީފި