ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ މައްޗަށް އޭސީސީން ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ، ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ފަނޑިޔާރުގެ ފަރާތުން މައްސަލަ ހުށަހަޅައިފި އެވެ.
އަޒްމިރަލްދާގެ ގާނޫނީ ވަކީލުންގެ ޓީމު މިއަދުގެ ވަގުތެއްގައި ނެރުނު ނޫސްބަޔާނެއްގައި ވަނީ، މި މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގުމަށް މިއަދު ފުުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ. އަދި ފަނޑިޔާރަށް ދައުލަތުގެ އިސްވެރިން ނުފޫޒު ފޯރުވަން މަސައްކަތްކުރި މައްސަލަވެސް ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވަކީލުންގެ ޓީމުން ބުނެފައިވެ އެވެ.
އަޒްމިރަލްދާ އާއި އިތުރު ދެ ފަނޑިޔާރަކު ސަސްޕެންޑުކުރީ އޭސީސީން ޖިނާއީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެވެ. އެގޮތުން ފަނޑިޔާރު އަޒްމިރާލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ސަސްޕެންޑުކޮށްފައިވެ އެވެ. ފަނޑިޔާރުން ސަސްޕެންޑުކުރީ ފެބްރުއަރީ 26، ގަ އެވެ.
ޖޭއެސްސީން ވެސް އަޒްމިރަލްދާގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދެ އެވެ. މީގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލަ އާއި ސުޕްރީމް ކޯޓުގެ މަޖިލީހެއްގައި ހުތުރު ބަހުން ވާހަކަދެއްކެވި ކަމަށް ބުނާ މައްސަލަ ހިމެނެ އެވެ.
ފަނޑިޔާރުގެ ވަކީލުން ބުނާ ގޮތުގައި، ޖޭއެސްސީން މައްސަލަ ބަލަމުންދަނީ އިޖުރާއަތްތަކާއި ގާނޫނުއަސާސީއާ ހިލާފަށެވެ. އަދި ތަހުގީގު ރިޕޯޓުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮންމެވެސް ކޮޅެއްގައި ޖެހެންދެން މަސައްކަތް ކުރައްވާތި. ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރުން ހުއްޓުވަންޖެހޭ.
ރިޕްލައި