ހެދުން އެޅުމުގެ ފެޝަނަކީ ޒަމާނާއެކު އަބަދުވެސް ބަދަލުވޭވޭ ހުންނަ ކަމެކެވެ. އެންމެ ފަހުގެ ޓްރެންޑްތަަކަށް ހެދުން އެޅުމަކީ މުޖުތަމައުގައި ބައިވެރިވުމަށް ޒުވާނުން ބޭނުންކުރާ އެއް އުކުޅެވެ.
އެގޮތުން މިހާރު ފެޝަންގެ ދުނިޔޭގައި އެންމެ މަގްބޫލު އެއް ޓްރެންޑަކީ ނިއުޓްރަލް ކުލަތައް ބޭނުން ކުރުމެވެ. ފެޝަން ޝޯތަކާއި ރަންވޭ ސްޓޭޖުތަކުން ވެސް މިހާރު އެންމެ ގިނައިން ފެންނަނީ މި ޓްރެންޑެވެ.
ނިއުޓްރަލް ކުލަތަކަކީ ހުރިހާ ވައްތަރެއްގެ ހަމުގެ ކުލައާ ވެސް ގުޅޭ ކުލަތަކެކެވެ. އޭގެ އިތުރުން އެހެން ކުލަތަކާއެކު ވެސް އެއްކޮށްގެން ބޭނުން ކުރެވޭނެ ކުލަތަކެކެވެ. މިގޮތުން ކަޅާއި އަޅިއާއި ހުދާއި މުށި އަދި ކްރީމް ކުލައިގެ އެކި ޝޭޑްތައް ނިއުޓްރަލް ކުލަތަކުގެ ތެރޭގައި ހިމެނެ އެވެ.
މިއީ ހުރިހާ މޫސުމަކާ ވެސް ގުޅޭ ކުލަތަކެއް ކަމުން އަހަރު ތެރޭގައި ހަމަ ކޮންމެ ދުވަހަކު ވެސް ބޭނުން ކޮށްލުން ރަނގަޅުވާނެ އެވެ.
އޭގެ އިތުރުން ވެސް މި ކުލަތަކަކީ އަންހެނުންނާއި ފިރިހެނުންގެ އިތުރުން ކުޑަ ކުދިންނަށް ތަފާތު ކުރުމެއް ނެތި ބޭނުން ކުރެވޭނެ ކުލަތަކެކެވެ.
ކުރިން ވެސް ދެންނެވި ފަދައިން ނިއުޓްރަލް ކުލަތަކަކީ ހެދުން އެޅުމުގައި ވަރަށް ގިނަ ގޮތްގޮތަށް ބޭނުން ކުރެވިދާނެ ކުލަތަކެކެވެ. އާއްމު ދިރިއުޅުމުގައާއި އޮފީހުގެ އިތުރުން ހާއްސަ މުނާސަބަތުތަކަށް ވެސް މި ކުލަތަކަކީ އެކަށޭނަ ކުލަތަކެކެވެ.
މި ކުލަތައް އެންމެ ގިނައިން ބޭނުން ކުރެވެނީ އެހެން ކުލަތަކުގެ ޓޮޕް، ކުރުތާ ނުވަތަ ބްލައުސްއާއެކު ލާ ތިރީގެ ގޮތުގަ އެވެ. އެގޮތުން އާއްމުކޮށް ކަޅު، ހުދު އަދި ކްރީމް ކުލައިގެ ބެލްސްތައް މަގުމަތިން ފެނުން ވަރަށް އާއްމެވެ.
މިހާރަކަށް އައިސް މަދުން ނަމަވެސް ޖަމްޕްސޫޓްތަކާއި މެކްސީ ޑްރެސް ފަދަ ވަން-ޕީސް ހެދުންތަކުން ވެސް މި ކުލަތައް ދަނީ ފެންނަމުންނެވެ.
ހަމައެއާއެކު ފައިވާނާއި ބޫޓު، ދަބަސް އަދި ގަހަނާ ފަދަ އެކްސަސަރީޒް ވެސް ނިއުޓްރަލް ކުލަތަކުން ހަމަކުރުމަކީ މިހާރުގެ ޒުވާނުން ލޯބިކުރާ ކަމެކެވެ.
ނިއުޓްރަލް ކުލަތައް ބޭނުން ކުރުމުގައި ސަމާލުވާންވީ އެންމެ މުހިއްމު ކަމަކީ އެ ކުލަތަކާއެކު ބޭނުން ކުރެވޭ އެހެން ކުލަތަކަކީ މާ ގަދަ ނޫން މިއުޓަޑް ޝޭޑްތަކުގެ ކުލަތަކަށް ހެދުމެވެ.
މިފަދަ ގޮތަކަށް ނިއުޓްރަލް ކުލަތައް ހިމެނުމަކީ ޒަމާނީ ރަހައެއް ހެދުން އަލަމާރިއަށް ގެނެސްދޭނެ ކަމެއް ކަމަށް ފެޝަން ދާއިރާގެ މާހިރުން ބުނެ އެވެ.
ނިއުޓްރަލް ކުލަތަކުގެ އެންމެ ފެހުގެ ފެޝަން އައިޓަމްސް މެންގޯގެ މާލެ އައުޓްލެޓުން ލިބެން ހުންނާނެ އެވެ.