މީގެ ގާތްގަނޑަކަށް 12،000 އެއްހާ އަހަރު ކުރިން ދުނިޔެއިން ނެތި ގޮސްފައިވާ ޖަނަވާރެއް އަލުން ދިރުވައި ދުނިޔެއަށް ގެނެވިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ޑަލަސްގެ ބައޯޓެކް ކުންފުންޏެއް ކަމަށްވާ ކޮލޮސެލް ބައޯސައިންސްގެ ސައިންސްވެރިން ބުނެފައި ގޮތުގައި އަލުން ދިރުމަށް ގެނެވިފައިވަނީ ނެތިގޮސްފައިވާ ހިޔަޅުގެ ވައްތަރެއް ކަމަށެވެ.

"ޑަޔާ ވުލްފް"ގެ ނަމުން ނަން ދެވިފައިވާ އެ ހިޔަޅު ދިރުވާފައިވަނީ ބިމުއަޑިން ހޯދިފައިވާ ޑީއެންއޭގެ އެހީގައި ކްލޯންކޮށް ޖެނެޓިކް އެޑިޓިންގެ ބޭނުން ކޮށްގެންނެވެ.

މަޝްހޫރު ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް"ގައި ވެސް ފެނިގެންދާ އެ ހިޔަޅަކީ މީގެ 12،000 އަހަރު ކުރިން އެމެރިކާއާއި އެފްރިކާގެ ސަރަހައްދުތަކުގައި އުޅުނު ޖަނަވާރެކެވެ.

https://www.youtube.com/watch?v=OmufibfxqtM

އޭގެ ހުދު ކުލައަށް މަޝްހޫރުކަން ހޯދާފައިވާ ޑަޔާ ވުލްފްއަކީ ޖަންގަލީގައި އުޅުނު ވަގު ޖަނަވާރެއް ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ.

މިހާރު އުފަން ކުރެވިފައިވާ އެ ވައްތަރުތައް ދިރިއުޅެމުން އަންނަނީީ 3 މީޓަރުގެ ފާރަކުން ރައްކާތެރި ކުރެވިފައިވާ 2000 އޭކަރުގެ ސަރަހައްދެއްގައި ކަމަށް ކޮލޮސެލް ބައޯސައިންސްއިން ބުނެ އެވެ.

މިއީ ދުނިޔެއިން ނެތިގޮސްފައިވާ ޖަނަވާރުތައް އަލުން ދިރުވަން ލިބުނު އުއްމީދެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ޖަނަވާރުތައް ދިރުވޭނެ ކަމަށް ސައިންސްވެރިން އުއްމީދު ކުރެ އެވެ.