ބިގްބޮސްގެ ސީޒަން ހަތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ގައުހަރު ޚާންއާއި އޭނާގެ ފިރިމީހާ ޒައިދު ދަރްބާރުއަށް ދެވަނަ ދަރިއަކު ލިބެން އުޅޭޭކަން އިއުލާން ކޮށްފި އެވެ.
ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން ގައުހަރު ހާމަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އޭނާގެ އިންސްޓަގްރާމްއަށް ޕޯސްޓްކުރި ރީލް ވީޑިއޯއެއްގަ އެވެ.
އެ ވީޑިއޯގައި އޭނާއާއި ޒައިދު "ޕްރައިސް ޓެގް" ލަވައަށް ނަށާ މަންޒަރު ފެންނައިރު ކޮންމެވެސް ވަރަކަށް އޭނާގެ ބަނޑު ނުކުމެފައިވާކަން ފާހަގަ ކުރެވެ އެވެ.
އެ ވީޑިއޯއާއެކު ގައުހަރު ބުނެފައިވަނީ ހުރިހާ އެންމެންގެ ދުއާއަށް ބޭނުންވާ ކަމަށެވެ. އެއާއެކު ބޭބީ އިމޯޖީއެއް ވެސް ބޭނުން ކޮށްފައިވެ އެވެ.
2020 ވަނަ އަހަރު ކައިވެނިކުރި ޒައިދުއާއި ގައުހަރުއަށް އެމީހުންގެ ފުރަތަމަ ދަރިފުޅު ލިބިފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު އެވެ.
ދެވަނަ ދަރިފުޅު ލިބެން އުޅޭކަން އިއުލާން ކުރުމާއެކު ފިލްމީ ދާއިރާއާއި އާއްމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ގައުހަރުއަށް މަރުހަބާ ކިޔަމުންނެވެ.
ގައުހަރު ވަނީ ޒައިދުއާ ކައިވެނި ކުރުމަށްފަހު ފިލްމީ މަސައްކަތްތަކުން އެއްކޮށް ދުރުވެފަ އެވެ.
"ހާޓް އޮފް މޯލްޑިވްސް" މާފުށީ ޓޫރިޒަމް ބްރޭންޑް ލޯންޗުކޮށްފި
މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19،527.90ރ. ކަމަށް ކަނޑައަޅައިފި
އިމްތިހާނުގެ ކުރިން ކިމް ކުރަން ޖެހުނު ތަޖުރިބާ ހިއްސާ ކޮށްފި