ދުނިޔޭގެ އެންމެ ބޮޑު އެއް ބާރު ކަމަށްވާ ޗައިނާއިން އެމެރިކާގެ މުނިފޫހި ފިލުވުމުގެ ދާއިރާ، ހޮލީވުޑް ބޮއިކޮޓް ކުރަން ނިންމައިފި އެވެ.
ޗައިނާގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ގައުމުގައި ރިލީޒްކުރާ ހޮލީވުޑް ފިލްމުތަކުގެ އަދަދު މަދުކުރަން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.
އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ޗައިނާގެ ސިނަމާތަކުގައި ހޮލީވުޑް ފިލްމުތަކަށް ދެވިފައިވާ ޖާގަތައް މަދު ކުރެވޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.
މި ނިންމުމަކީ މިފަހުން އެމެރިކާގެ ސަރުކާރުން ތައާރަފްކުރި ޓެރިފް ސިޔާސަތަށް ރައްދު ދިނުމުގެ ގޮތުން ޗައިނާގެ ސަރުކާރުން ނިންމި ނިންމުމެކެވެ.
އެމެރިކާއިން ތައާރަފްކުރި ޓެރިފް ނިޒާމާއެކު ޗައިނާގައި އުފައްދާ އުފެއްދުންތައް އެމެރިކާއަށް އެތެރެކުރާއިރު އިތުރު ޓެރިފްއެއް ނަގާނެ އެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު އެއް ގައުމުގެ ގޮތުގައި ޗައިނާ ފާހަގަކުރެވޭއިރު އެ ގައުމުގައި ހޮލީވުޑް ބޮއިކޮޓް ކުރުމަކީ އެ ދާއިރާއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.
ނިދުމުގެ 3 ގަޑިއިރު ކުރިން ކެއުން ހުއްޓާލަން ޖެހޭ!
އުމްރާއަށް ފަހު ރާއްޖެ އައި ދިވެއްސަކު ކުއްލިގޮތަކަށް ނިޔާވެއްޖެ
ޑްރަގް ނެޓްވޯކްގެ އެކައުންޓްތަކުގައި 300 މިލިއަން ދައުރުކުރި