ޝާހްރުކް ޚާންއާއި ސަލްމާން ޚާންއަކީ ބޮލީވުޑްގެ ފުންނާބު އުސް ދެ ތަރިންނަށް ވާއިރު އެ ދެތަރިންނަށް ސަޕޯޓުކުރާ އާއްމުންގެ މެދުގައި އަބަދުވެސް ވާދަވެރިކަން އޮވެ އެވެ. އެގޮތުން އެކަކަށްވުރެ އަނެކަކުގެ ފިލްމުތައް ކާމިޔާބުވޭތޯ އެމީހުން ވެސް މަސައްކަތް ކުރެ އެވެ.
ކަން މިހެން އޮތް ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ދެތަރިންނަކީ ވަރަށް އެކުވެރި ދެ ތަރިން ކަމެވެ. "ކަރަން އަރްޖުން"ގައި އެ ދެ ތަރިން އެކުގައި ފެނުނުއިރު އެކަކު ދޫކޮށްލި ފިލްމުތައް އަނެކަކަށް ލިބިފައިވެސްވެ އެވެ. އެގޮތުން ޝާހްރުކް ޚާންގެ ކާމިޔާބު ގިނަ ފިލްމުތަކެއް ފުރަތަމަ ހުށައެޅުނީ ސަލްމާނަށްކަން ފާހަގަ ކޮށްލެވެ އެވެ.
ބާޒީގަރު
1993 ވަނަ އަހަރުގެ ކާމިޔާބު ފިލުމު ''ބާޒީގަރު'' ފިލުމު ކުޅުމުގެ ފުރުސަތު ފުރަތަމަ ލިބުނީ ސަލްމާން ޚާނަށެވެ. އެހެން ނަމަވެސް ސަލްމާން ވަނީ މިފިލްމުވެސް ދޫކޮށްލާފަ އެވެ. ކާޖޮލް އާއި ޝިލްޕާ ޝެޓީ އާއެކު ޝާހު ފެނުނު "ބާޒީގަރު" އަކީ އޭނާގެ މަގުބޫލުކަން އިތުރުވެގެންދިޔަ ފިލްމެކެވެ.
ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ
މިފިލްމު ދޫކޮށްލުމުން މިފިލުމުގެ ލީޑް ރޯލު ލިބިގެން ދިޔައީ ޝާހްރުކް ޚާން އަށެވެ. މިފިލްމަކީ އަދިވެސް ބޮލީވުޑްގައި އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. ހިންދީ ސިނަމާގައި ރިލީޒްކުރި ފަހުން އެންމެ ދިގު މުއްދަތަކަށް ހުއްޓުމެއް ނެތި ދައްކާ އައިކޮނިކް ފިލްމަކީ "ޑީޑީއެލްޖޭ" އެވެ
ޗަކް ދޭ އިންޑިއާ
2007 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ޗަކް ދޭ އިންޑިއާ" ސަލްމާން ދޫކޮށްލީ އެފިލްމުގެ ކްލައިމެކްސްއާ މެދުގައި ހިތްހަމަނުޖެހިގެންނެވެ. މިފިލްމުވެސް ލިބިގެން ދިޔައީ އެންމެ ފަހު ޝާހްރުކް އަށެވެ. މިފިލްމަކީވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފިލްމެކެވެ. މިފިލްމު ދޫކޮށްލުމުން ސަލްމާން އަދިވެސް ހިތާމަ ކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކަލް ހޯ ނަ ހޯ
"ކަލް ހޯ ނާ ހޯ" އަކީވެސް ސަލްމާން ދޫކޮށްލި ފިލްމުތަކުގެ ތެރެއިން ބޮލީވުޑްގައި ކާމިޔާބީތަކެއް ހޯދި ފިލްމެކެވެ. މިފިލްމުގައި ސައިފު ފެނިގެންދިޔަ ބައި ފުރަތަމަ ހުށަހެޅީ ސަލްމާނަށެވެ. އެހެން ނަމަވެސް އެ ރޯލު ކުޅެން ސަލްމާން ދެކޮޅު ހެދުމުން އެފުރުސަތު ލިބުނީ ސައިފު އަށެވެ.