ދިރާގު ފުވައްމުލައް ރަން 2025 (ޑީއެފްއާރް) ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން މިއަދު ފަށައިފި އެވެ.
ދިރާގުން ބުނީ ބިބް އެކްސްޕޯ ކުރިއަށްދާނީ ދުވުން އޮންނަ ފުވައްމުލަކު ސިޓީގައި 30 އެޕްރީލް އިން 1 މޭ 2025އަށް ސިޓީ ކައުންސިލު އިދާރާގެ ކުރުނދުމާ މާލަމުގައި ކަމަށެވެ.
ދޫކުރާ ގަޑިތައް:
• ހެނދުނުގެ 9:00 އިން މެންދުރު 12:00 އަށް
• މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް
• ރޭގަނޑު 8:00 އިން 10:00 އަށް
އެހެންކަމުން، މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ފުވައްމުލަކު ސިޓީއިން ބިބް އަދި ރޭސް ކިޓް ނެގުމުގެ ފުރުސަތުވަނީ ދިރާގުން ފަހިކޮށްދީފަ އެވެ.
ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިންގ ޗިޕް އެކުލެވޭ ބިބް، ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެއެވެ. އަދި، ރޭސް ކިޓް ހަވާލުކުރެވޭނީ، ދުވުންތެރިޔާގެ އައި.ޑީ ކާޑް (ނުވަތަ އައި.ޑީ ކާޑުގެ ފޮޓޯއެއް) އަދި ބިބް ނަންބަރު ހުށަހެޅުމުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މުޅިން އައު އެޑިޝަނެއް ކަމުގައިވާ ދިރާގު ފުވައްމުލައް ރަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 މޭ 2025 ވާ ހުކުރު ދުވަހު ފުވައްމުލައް ސިޓީގައެވެ.
ޑީއެފްއާރް2025 އާ ބެހޭ އިތުރު މައުލޫމާތު www.dfr.mv މި ވެބްސައިޓުން ލިބޭނެ އެވެ.