ކުރިއަށް އޮތް ހުށައެޅުމަކަށް ފަރިތަ ކުރަމުން ދަނިކޮށް ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް (ޖޭލޯ)ގެ މޫނަށް އަނިޔާވެއްޖެ އެވެ.

ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި ޖޭލޯގެ މޫނަށް އަނިޔާވެފައިވަނީ ކުރިއަށް އެމެރިކަން މިއުޒިކް އެވޯޑްސް 2025ގައި އޭނާ ހުށައަޅައިދޭ އައިޓަމަށް ފަރިތަ ކުރަމުން ދަނިކޮށެވެ.

އެގޮތުން ފަރިތަކުރުމުގެ ތެރެއިން އޭނާގެ މޫނުގެ ލޮލާ ދިމާލުން ކޮންމެވެސް ވަރަކަށް ކަަފައިގެން ގޮސް ކަނާތް ފަރާތުގެ ލޯ ވަނީ ނޫފައިގެންފަ އެވެ.

އެ އަނިޔާއާއެކު އޭނާގެ މޫނު ލޮލާ ދިމާލުން ފަހަން ޖެހުނު ކަމަށް ޖޭލޯ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

އެ ޕޯސްޓުގައި އޭނާގެ ލޮލަށް ލިބިފައިހުރި އަނިޔާ ފެންނައިރު ގިނަ ބަޔަކު އަންނަނީ އޭނާއަށް އަވަސް ފަރުވާއަކަށް އެދި ހެޔޮ އެދުންތައް ފޮނުވަމުންނެވެ.

މިމަހުގެ 27 ވަނަ ދުވަހު އޮންނަ އެމެރިކަން މިއުޒިކް އެވޯޑްސް 2025ގައި ޖޭލޯގެ ހުށައެޅުމެއް ފެންނައިރު އެ ހަފްލާގެ ބައެއް އޭނާ ހޮސްޓް ވެސް ކޮށްދޭނެ އެވެ.