ދިވެހިރާއްޖޭގައި ވަޒަންވެރި ވެފައި ނުވާ ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގަމުންދާ ވިތްހޯލްޑިން ޓެކްސް ބޮޑުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އާމްދަނީއިން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި މި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
މި ބިލުގައިވާ ގޮތުން ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންގެ އަތުން މިހާރު ނަގަމުންދާ 5 ޕަސެންޓްގެ ވިތްހޯލްޑިން ޓެކްސް 10 ޕަސެންޓަށް އިތުރުވެގެންދާނެ އެވެ.
ސަރުކާރުން މި އިސްލާހު ހުށަހެޅި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނާއި ދިވެހި ކޮންޓްރެކްޓަރުންނާ ދެމެދު އިންސާފުވެރި އަދި ވާދަވެރި މާހައުލެއް ގާއިމުކުރުން ހިމެނެ އެވެ. އަދި މި ބަދަލުގެ ސަބަބުން ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިންނަށް ބޮޑެތި މަސައްކަތްތަކާއި މަޝްރޫއުތައް ލިބުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.
ނަމަވެސް މި އިސްލާހާ މެދު އިދިކޮޅު އެމްޑީޕީ މެންބަރުން ސިފަކުރެއްވި ގޮތުގައި، ވިތްހޯލްޑިން ޓެކްސް ހަމައެކަނި 5 ޕަސެންޓުން 10 ޕަސެންޓަށް ބޮޑުކުރުމަކުން ދިވެހި ވިޔަފާރިތަކަށް މަޝްރޫއުތައް ހޯދައިގެން ކުރިއަށް ގެންދިއުމުގައި އެދެވޭ އިތުރު ފުރުސަތުތަކެއް ނުވަތަ އެކަށީގެންވާ ކުރިއެރުމެއް ލިބިގެންނެއް ނުދާނެ އެވެ.
ރިސޯޓު ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ
ޑޮލަރުގެ ދަތިކަން ބޮޑުވީ 500 މިލިއަންގެ ސުކޫކު ދެއްކުމުން: ޒަރީރު
ދިރާގު މާލެ އޯޕަން 2026ގެ ރޭސްކިޓްތައް މިއަދު ދޫކުރަނީ