މަގާމުން ސަސްޕެންޑުކޮށްފައިވާ މޯލްޑިވް ކޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތުމުން ފުލުހުން އެ މައްސަލަ ފައިލްކޮށްފި އެވެ.
ޝަޒައިލްގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކޮށް މައްސަލަ ތަހުގީގުކޮށްދޭން ފުލުސް އޮފީހުގައި އެދުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ.
އެ މައްސަލަ ފައިލް ކުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އޭސީސީއަށް ޝަޒައިލްގެ މައްސަލަ ފޮނުވީ ރައީސް އޮފީހުންނެވެ.
އޭސީސީން ބަލަމުން ދަނީ ޝަޒައިލަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލައެކެވެ. މަނީލޯންޑަރިންގެ ތުހުމަތު ކުރެވުނީ އެ މައްސަލައިގެ ތެރެއިން ފެނުނު ކަންތައްތަކެއް ސަބަބުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ޝަޒައިލް މީގެކުރިން ވިދާޅުވެފައި ވަނީ މަނީލޯންޑަރިންގެ ތުހުމަތު އޭނާގެ ބޮލުގައި އެޅުވީ ރައީސް އޮފީހުން ފޮނުވި މައްސަލާގައި އެއްވެސް ހެއްކެއް ނެތުމުން، އޭނާގެ ބޮލުގައި ތާކުންތާކު ނުޖެހޭ ތުހުމަތެއް އެޅުވީ ކަމަށެވެ.
މަރުޙަބާ ޝަޒައިލް ސިޔާމް! ތިޔައީ އަބަދުވެސް ތެދުވެރި ނަޒާޙަތްތެރި ބޭފުޅެއްކަން ޚުދު އަޅުގަޑަށް އެގޭ! މަނިކުފާނު ކުންފުނި ރަގަޅު މިސްރާބަކަށް ގެންގޮސްދެއްވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން މިއަދު ދިވެހި ރައްޔިތުންނަށް އެގިގެން މިދިޔައީ!
އޯ ޝިޓް! މަގޭ ޕްލޭން ވަޔާ އޮޔާ! ޝަޒައިލް މަގާމުން ވަކިކުރަން އެހާވަރަށް މެމްބަރުން ފަހަތުން ދުވީމަވެސް ވީކަމެއް ހަރާން! އެމީހަކު ކުރިކަމެއް އެމީހަކަށް އަންނާނެ!