ކަރަންޓްގެ އަގު ހެޔޮކުރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކޮށްފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޖޫން އެކަކުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށް، އެކަން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ދަންނަވާފައިވާނެ ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް މުއިއްޒު ވަނީ ކަރަންޓްގެ އަގު ނަގާ އާ ރޭޓްތައް ހިއްސާކޮށްފަ އެވެ.
ރައީސް މުއިއްޒުގެ އެންގެވުމަށް ކޮންމެ ރޯދަ މަހަކާ ދިމާކޮށް ޑިސްކައުންޓް ވެސް ދެ އެވެ. ނަމަވެސް ކަރަންޓް ބިލް އަންނައިރު، އޮންނަނީ އަތްނުފޯރާ ފަށުގަ އެވެ.
ޑިސްކައުންޓް ދީފައި ފޮނުވާ ކަރަންޓް ބިލް ބޮޑުވެގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ.
އީރާން އަމާންދިނުމަށާއި، އޮމާނަށް ބޮންއަޅާނެ ކަމުގެ އިންޒާރު
އާއްމު ފިނި ހޫނުމިނުގައި ވެސް ހަށިގަނޑު ފިނިވެ ހީކަރުވާތަ؟
ހުވަދޫ ކަނޑަށް ގެއްލުނު މީހުން ނުފެނިގެން ހުއްޓާލައިފި
