ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދުވެސް މޫސުން ގޯސްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރުމާއެކު، ކަނޑުތައްވެސް ގަދަވާނޭކަމަށެވެ. މޫސުން ގޯސްވާނޭކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ށ އަތޮޅުން ފެށިގެން ގދ ސަރަހައްދަށް ހުދު ސަމާލުނެރެފަ އެވެ.
އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނޭ ކަމަށް ލަފާކޮށްފައި ވެ އެވެ. މީގެއިތުރުން ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނޭކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މިއަދުގެ ނިޔަލަށް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި ޢާންމުކޮށް ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
36 އަހަރުގައި ޓޭލާ ސޯންގްރައިޓާސް ހޯލް އޮފް ފޭމްއަށް!
"އޮބްސެޝަން"ގެ ޑިޖިޓަލް ރިލީޒް އޮތީ ކޮން އިރަކު؟
އާދިއްތަ ދުވަހު އެއްބަސްވުމުގައި ސޮއިކުރާވާހަކަ ދޮގުކޮށްފި