ޒެޑް ޕްލަސް ސެކިއުރިޓީއާއެކު ސްޓާ ޕްލަސްގެ މަޝްހޫރު ސީރީޒް "ކިޔުކީ ސާންސް ބީ ކަބީ ބަހޫ ތީ"ގެ ދެވަނަ ސީޒަންގެ ޝޫޓިން ފަށައިފި އެވެ.
އެ ޝޯގެ ޝޫޓިން ފަށާފައި މިވަނީ ޝޯގެ ޕްރޮޑިއުސަރު ކަމަށްވާ ބަލާޖީ ޓެލެފިލްމްސްގެ އެކްތާ ކަޕޫރު ޝޯގެ ދެވަނަ ސީޒަންއެއްގެ މަސައްކަތް ކުރިއަށްދާކަން ޔަގީން ކޮށްދިންތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
މި ސީޒަންގައި ވެސް ފުރަތަމަ ސީޒަންގެ ލީޑު ރޯލުން ފެނުނު ސިމްރިތީ އިރާނީ އޭނާގެ ކެރެކްޓަރު "ތުލްސީ"ގެ ރޯލުން ފެންނާނެ އެވެ. ސިމްރިތީ މިހާރު ވަނީ ޝޫޓިންއާ ގުޅިފަ އެވެ.
ޝޫޓިންގައި ސިމްރިތީއަށް ޒެޑް ޕްލަސް ސެކިއުރިޓީ ދީފައިވަނީ އޭނާއަކީ މިހާރު އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވާތީ އޭނާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ.
ސިމްރިތީއާއެކު ސީޒަން އެކެއްގައި ފެނިގެންދިޔަ އަމަރު އުޕަދްޔޭ (މިހިރް) ވެސް ހަމަ އެ ރޯލުން ދެވަނަ ސީޒަަންގައި ވެސް ފެންނާނެ ކަމަށް އެކްތާ ބުންޏެވެ.
2000 ވަނަ އަހަރުން 2008ގެ ނިޔަލަށް ދެއްކި އެ ޝޯގެ ފުރަތަމަ ސީޒަންއަކީ ދިވެހިން ހިމެނޭ ހެން ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ސީރީޒް އެކެވެ.