ސިފައިންގެ މައި އިދާރާ، ބަންޑާރަ ކޮށީގައި މިރޭ މީހަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ބަންޑާރަ ކޮށީގައި މީހަކު މަރުވި މައްސަލައެއް ހުށަހެޅިފައިވާތީ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މަރުވެފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމައެއްނުކުރެ އެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ވެސް ވަކިއެއްޗެއް ނުބުނެ އެވެ.
އީރާނުގެ ކަނޑު ބަންދުކޮށް އިގްތިސާދީ ފިއްތުން އިތުރު ކުރަނީ
ގޭތެރޭގެ އިންޓީރިއާ: ޝަހުސިއްޔަތު ދައްކައިދޭ ލޯގަނޑެއް!
މިއަދު މެންދުރު ފަހުން ފެށިގެން ވިއްސާރަ އަލިވާން ފަށާނެ: މެޓް
