ކޮންމެ ދުވަހަކުވެސް އާދަވެގެން ސިޑިއަކުން އަރާ ފައިބާ މީހުންގެ އުމުރު ދިގުވާ ކަމަށް ދާދި ފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
އެގޮތުން ކޮންމެ ދުވަހަކު މަދުވެގެން ތިން ބަރި ސިޑިން އަރާ ފައިބާ ހަދާނަމަ ހިތުގެ ބަލިތައް ޖެހުން ދުރުވެ އަވަހަށް މަރުވުމުގެ ފުރުސަތު ކުޑަވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
ހާޓްއެޓޭކްއާއި އެހެނިހެން ބަލިތަކަކީ ވެސް ހަރަކާތްތެރިވެ އުޅުމުން ދުރުވެވޭނެ ހާލަތްތައް ކަމަށާއި ސިޑި ބޭނުން ކުރުމަކީ ހަރަކާތްތެރިވެ އުޅެން އެންމެ ފަސޭހަ ގޮތް ކަމަށް އެ ދިރާސާގައިވެ އެވެ.
މީގެ އިތުރުން ވެސް ސިޑި ބޭނުން ކުރުމަކީ ނަފްސާނީ ގޮތުންވެސް ފައިދާހުރި ކަމެއްކަން ފާހަގަ ކުރަމުން ދިރާސާގައި ބުނެފައިވަނީ ސިޑި ބޭނުންކޮށްފިނަމަ އެ ދުވަހެއްގެ މޫޑު ވެސް ރަނގަޅުވާ ކަމަށެވެ.
ސިޑިން އެރުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް މިހާރު ތުރާލެކެވެ. ސިއްހަތު ސަލާމަތުން ހުންނަ މީހާވެސް ފުރަތަމަ ފަންގިފިލާއަށް އަރަން ބޭނުން ކުރަނީ ވެސް ހަމަ ލިފްޓެވެ.
އެހެން ނަމަވެސް ކުޅަދާނަކަން ލިބިފައިވާ މީހުން ލިފްޓަށް އެރުމުގެ ބަދަލުގައި ސިޑި ބޭނުން ކުރަން މާހިރުން އަބަދުވެސް ބާރު އަޅަ އެވެ.
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
ކަރަންފޫ ފެން: ހަޖަމު ކުރުމުގެ ނިޒާމަށް އޮތް ފަރުވާއެއް؟